ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން ތިލަފުށީގެ ކުނި ފަރުބަދަތަކުގެ މައްޗަށް!

ކ ތިލަފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ކުނި މެނޭޖު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނޫސްވެރިންނަށް މިއަދު ދައްކާލައިފި އެވެ.

ތިލަފުށީގެ ކުނި އެންދުން ހުއްޓުވުމަށް ކުރަމުންދާ ދާ ސައިޓުން ނޫސްވެރިންނަށް ފާހަގަ ކުރެވުނު އެންމެ ބޮޑު ބަދަލަކީ، އެ ރަށުގައި އުފެދިފައިވާ ކުނި ފަރުބަދަ އިން ދުން އެރުން ހުއްޓިފައި ވުމާއި އެ ފަރުބަދައިގެ އެންމެ އުހަށް އަރައި އުޅެވޭނެ ފަދަ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވުމެވެ.

ތިލަފުށީގައިވާ ކުނި ފަރުބަދައިގެ އެންމެ އުހަށް ނޫސްވެރިން އަރައި އެ ސަރަހައްދުގައި މަސައްކަތް ހިނގަމުންދާ ގޮތް ބަލާފައިވެއެވެ.

ވެމްކޯއިން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި ކުނި ފަރުބަދަ އިން ދުން އެރުން ނިމުމަކަށް ގެނެވިފައިވަނީ އެތަނަށް ކުނި އެޅުން ހުއްޓާލުމާ ގުޅިގެންނެވެ. ވެމްކޯ އިން ބުނީ އަންނަ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ކުނި ނައްތާލުމަށް ހަމަޖެހިފައި ވަނީ ތިމާވެއްޓަށް ރައްކާތެރި އެކަމަށް ހާއްސަ މެޝިނެއް ބޭނުން ކޮށްގެން ކަމަށެވެ.

އެމެޝިންގެ އެހީގައި ކުނި ނައްތާލަން ފެށުމާއި އެކު ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ނުރައްކާތެރިކަމުގެ ނިސްބަތު ބޮޑުތަނުން ކުޑަވެގެންދާނެ ކަމުގައި ވެމްކޯއިން މައުލޫމާތު ދެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވެމްކޯގެ ފަރާތުން މާލޭގެ ގޭބިސީ ތަކުން އުކާލާ ކުނި ވަކިކުރުމަށް ފަހު އުކާލުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ތިލަފުށީގެ ކުނި މެނޭޖު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން، އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ވެމްކޯއާއި، މިނިސްޓްރީގެ ޓީމުގެ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. 

ތިލަފުށިން ނުރައްކާތެރި ދުން އައުން ހުއްޓުވުމަށްޓަކައި ހިންގާ މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް, ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު ފެހިކޮށްލުމުގެ މަޝްރޫއު, ކާމިޔާބުކަމާ އެކު ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، މިމަސައްކަތާއިއެކު މީހުންނަށް އެރަށަށް ގޮސް މަސައްކަތް ކުރެވޭވަރަށް ސާފު, ސަލާމަތް ސަރަހައްދަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: