ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައިއޮތް “ވާލިޔާ 7” ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަޑިޔަށް ގޮސްފި

ތިލަފުށީގައި ރޯވި "ވާލިޔާ7" ފޮޓޯ /އެމްއެންޑީއެފް"
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައިއޮތް “ވާލިޔާ 7” ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަޑިޔަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީގައިއޮތް “ވާލިޔާ 7” ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 10:20 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ތިލަފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން، ދޯނި އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށާއި،
މިހާދިސާގައި އެ ދޯނީގައި އެވަގުތު ތިބި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމް ހޮސްޕިޓަލަށްވަނީ ގެންދެވިފައި ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ވާލިޔާ ދޯނީގައި އަލިފާން ރޯވިކަމަށް މަޢުލޫމާތު ލިބިފައިވަނީ ދޯންޏަށް ތެޔޮ ބަރުކޮށްގެން އިންޖީނު ސްޓާޓްކޮށްލި ވަގުތު ސްޕާކެއް ވެގެން ކަމަށެވެ. ހާދިސާ ހިނގިއިރު އެ ދޯނީގައި 20 ހާސް ލީޓަރުގެ ތެޔޮ ބަރުކޮށްފައި ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާންރޯވިދޯނި ފަޅުން ބޭަރަށް ނެރެ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށްވަނީ އަޑިއަށްގޮސްފައެވެ. އަދި މިހާރު ދޯނީގައި ހުރި ތެޔޮ ޓޭންކުތައް ފެނުން މައްޗަށް އަރާފައިވާތީ، އެ ޓޭންކުތައް އެސަރައްދުން ނެގުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަންގެ ސިފައިންވަނީ ފަށާފައި ކަމަށްވެސް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: