ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރަނީ!

ސިފައިންގެ ތަމްރީނެއްގެ ތެރެއިން/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފްގެ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓްރީއިން ހިއްސާކޮށްފައިވާގޮތުން، ސިފައިންގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމަތީކަންކަން ބެލެހެއްޓުންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އެހެނިހެން އެފަދަ ހާދިސާތަކުގައިވެސް މުދަލާއި ފުރާނަ ސަލާމަތްކުރުމުގެ ޒިންމާ އެޅިފައިވަނީ ސިފައިންގެ މައްޗަށްކަމަށްވެސް ބުނެފައިވެއެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުންވެސް ދިވެހި މަސްކަނޑުގެ ސަލާމަތީކަންކަން ބެލެހެއްޓުމާއި ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުވުމުގެ އިތުރުން މީހުންގެ ފުރާނަ ސަލާމަތްކުރުމުގައިވެސް މި ސަރަހައްދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާންޖެހެނީ ރާއްޖެއިންކަމަށެވެ. އެހެންކަމުން އެ ވާޖިބު އަދާކުރެވޭނެ ގާބިލުކަން ރާއްޖޭގެ އަސްކަރިއްޔާގައި ގާއިމުކުުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، ސަރުކާރުންވަނީ ގައުމީ ސަލާމަތާއިބެހޭ މަޖިލީހުގެ ލަފަޔާއިއެކު އެމްއެންޑީއެފްއަށް ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ވަސީލަތްތައް ހޯދުމަށް މަސައްކަތްތައް ފަށާފައިކަންވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 69%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: