ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ޑިފެންސް ޗީފް ޝަމާލްއަށް ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ އިސް ހަތަރު ޖެނެރަލުންނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު މަގާމުގެ ކުރިއެރުން ދެއްވުމާ އެކު، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް މިއަދު ލިބިވަޑައިގެންފި އެވެ.

ލެފްޓިނެންޓް ޖެނެރަލަކީ ސިފައިން ރޭންކްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ އިސް ރޭންކެވެ. ސިފައިންގެ ތާރީހުގައި އެ ރޭންކް މީގެ ކުރިން އޮތް ހަމައެކަނި ބޭފުޅަކީ ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަންބަރީ އަބްދުއްސައްތާރެވެ.

އެމްއެންޑީއެފްއިން ބުނީ ކުރިން މޭޖާ ޖެނެރަލެއްގެ ރޭންކްގައި ހުންނެވި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ދެއްވީ ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. ޝަމާލްގެ އިތުރުން ކުރިން ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުގައި ހުންނެވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް މޭޖާ ޖެނެރަލެއްގެ ރޭންކަށް ވެސް ވަނީ ޕްރޮމޯޓް ކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ސިފައިންގެ މެރިން ކޯގެ ކޮމަޑަންޓް ވައިސް ވަހީދާއި ސާވިސްގެ ކޯގެ ކޮމަންޑަންޓް ހާމިދު ޝަފީގަށް މޭޖާ ޖެނެރަލްގެ ރޭންކް ވެސް ރައީސް މިއަދު ވަނީ ދެއްވައިފަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ސިފައިންގެ ރޭންކްތަކުގެ ތެރެއިން އެންމެ މަތީ ރޭންކަކީ ޖެނެރަލްގެ ރޭންކެވެ. ނަމަވެސް މަގާމުގެ ގޮތުން ސިފައިންގެ އެންމެ މަތީވެރިޔާ (ކޮމާންޑާ އިން ޗީފް) އަކީ ރައީސުލް ޖުމްހޫރިއްޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: