ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ސިފައިން ބޯޑުކުރި މައްސަލައިގައި ފިޔަވަޅުތައް އަޅައިފިން: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޯސްޓްގާޑްޝިޕް އެމްވީ ޣާޒީ / ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރި ދޯނިތަކެއް އިންޑިއާގެ ސިފައިން ބަލާ ފާސްކޮށްފައިވާ މައްސަލައިގައި ސަރުކާރުން ފިޔަވަޅުތައް އަޅާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ރާއްޖޭގެ މަސްދޯންޏެއް އިންޑިއާގެ ހަތިޔާރު އެޅި ސިފައިންތަކެއް ހިފަހައްޓައި، ދޯނީގައި ތިބި މީހުން ނުރައްކާތެރި ހާލަތެއްގައި ބައިތިއްބައި ފާސްކޮށްފައިވާ މައްސަލައެއް ފެންމަތިވެ މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު، އެމްއެންޑީއެފްއިން ވަނީ އެކަމާއި ގުޅިގެން ބަޔާނެއް ނެރިފައެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުން ޖެނުއަރީ 31 އަދި ފެބްރުއަރީ 1 ވަނަ ދުވަހު އިންޑިއާގެ ކޯސްޓުގާޑު މަނަވަރަކުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރިވެފައިވާކަމަށެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން އިންޑިއާގެ ސިފައިންވަނީ ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ބައެއް ދޯނިތަކަށް އަރާފައެވެ. އެހެންކަމުން އެކަމާއި ގުޅިގެން ސަރުކާރާއި ގައުމީ ދިފާއީ ބާރުންވަނީ ފިޔަވަޅުތަކެއް އަޅާފައިކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން މީގެ ކުރިން މިކަމާއި ގުޅޭގޮތުން ނެރިފައިވާ ބަޔާނުގައި އެ މުއައްސަސާއިންވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ މަސްދޯނިތަކެއް ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާކަން ހާމަކޮށާްފައެވެ.

ވަރަށް ގަދަ
52%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 26%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އިންޑިޔާ ސިފައިން ތިބީ ބިރުން ރެވިފަ…. ރާއްޖެ ސިފައިން ގޮސް ހަމަލާ ދީފާނެ ތިން…. ބޮޑު ތެލި ދަށައް ވަތްތާ އަދި މާގިނަ ދުވަހެއް ނުވޭ…. ކުދި ގައުމުތައް ގައުމު ހިމާޔަތް ކުރަނީ ޖެހިގަނެއްގެން ގަދަބަސް ބުނެގެނެއްނޫން… އެންމެ މޮޅަށް އެކަން ކުރީ މައުމޫނު… މައުމޫނު ވެރިކަމުން ފޭބިފަހުން އޮންނަނީ އަަބަދުވެސް އަތައް ގޮވާފަ….

  2. މަވެސް ތިޔަ މައްސަލައިގަ ގޭން ގޮނޑުދޮށަށް ވިއްސަކަށް ފިޔަވަޅު އަޅައިފިން. އާންމު ފަރުދަކަށް މިވަރުން ފުދޭނެކަމަށް މިބަލަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: