ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި 8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ބުޅާ ޝެލްޓާއެއް އަޅަނީ، ރައްޔިތުންގެ ތާއީދެއް ނެތް!

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގެ ރައްޔިތުންގެ ތާއީދުނެތް ނަމަވެސް، ބުޅަލުގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި، ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

 ކައުންސިލްގެ ހަރަދުގައި ބުޅަލަށް ހާއްސަ އިމާރާތެއް ހަދަން ނިންމާފައި ވަނީ މާލޭގެ މަގުތަކަށް ބުޅާތައް ދޫކޮށްލާފައިވާތީ، އެކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެގެންނެވެ.

މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ގާތްގަނޑަކަށް 5-8 މިލިއަން ރުފިޔާ ހަރަދުކޮށް ބުޅާ ޝެލްޓާއެއް އިމާރާތްކުރުމުގެ ގާބިލުކަން އެ ކައުންސިލުގައި އެބަހުރި ކަމަށާއި ވިލިމާލޭގައި އެ ތަން ހަދަން ނިންމާފައި ވަނީ މާލެއަކީ ވަރަށް ތޮއްޖެހި، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަކަށް ވާތީ އެ ކަހަލަ ތަނެއް މާލޭގައި ހެދުމަކީ އުނދަގޫ ކަމަކަށް ވުމުން ކަމަށެވެ.

“އެހާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ތަނަކަށް އެހާ ގުޅޭ ކަމެއް ނޫން. އެހެންވީމާ އެ ގޮތަށް ނިންމާފައި ވިލިމާލޭގައި އެ ތަން ހަދަން ނިންމާފައި ވަނީ،”

އެ މައްސަލައާ ގުޅިގެން ކައުންސިލުގެ މެމްބަރުން ވާހަކަ ދެއްކެވުމަށް ފަހު، ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް އިމާރާތްކުރުމަށް ފާސްކުރީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 13 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ.

ނަހުލާ ވަނީ މިކަމާއި ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކަވާ މިކަމާއިމެދު ނުރުހުންވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ، ބުޅަލުގެ މައްސަލައަކީ މާލޭގެ މީހުންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮތް މައްސަލައެއް ކަމަށް މާލޭގެ ކައުންސިލަރުން ވިދާޅުވާ ގޮތަށް ވިލިމާލެ އަށް ވެސް އެ މައްސަލަ ވަރަށް ބޮޑުކަން ކުރީގެ ބައްދަލުވުމެއްގައި ވެސް އޭނާ ފާހަގަކުރެއްވިންކަމަށެވެ.

ނަހުލާ ވިދާޅުވީ ވިލިމާލެއަކީ މީގެ ކުރިން ވެސް ވެޓް ކްލިނިކެއް ހުރި ތަނެއް ކަމަށާއި ނަމަވެސް އެ ތަޖުރިބާ އެހާ ރަނގަޅު ނޫންކަމަށެވެ. އެހެންކަމުން އޭނާ ވަނީ ވިލިމާލޭގައި ވެޓް ކްލިނިކެއް ގާއިމްކުރުމަށް ދެކޮޅު ހަދާފައެވެ. ނަހުލާ ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންވެސް މިކަމާއި ދެކޮޅުކަމަަށެވެ.

“ކެމްޕެއިން ދުވަސްވަރު ގޭގެ އަށް ޒިޔާރާތްކުރި މީހެއްގެ ހައިސިއްޔަތުން ދާއިރާގެ ރައްޔިތުންގެ މެޖޯރިޓީ ރައްޔިތުންގެ ބަސް އަޅުގަނޑު މި ތަނުގައި މި އިއްވަނީ. މިއީ ވިލިމާލޭ ރައްޔިތުން ދެކޮޅު ކަމެއް،”

ވިލިމާލެއަށް ނުލިބޭ ވަރަށް ގިނަ ޒަރޫރީ ހިދުމަތްތަކެއް އެބަހުރިކަމަށް ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ، ބިމުގެ ދަތިކަންވެސް އެބަހުރިކަމަށެވެ. ކަން މިހެން އޮތްއިރު، 3،000 އަކަފޫޓުގެ ބިމެއްގައި 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިން ބުރީގެ އިމާރާތެއް ބުޅަލަށް ހާއްސަކުރުމަށް އޭނާ ދެކޮޅުކަމަށް ނަހުލާ ވިދާޅުވިއެވެ. ހަރަދާއި ބެހޭ ގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ އެތަން އޮޕަރޭޓްކުރުމަށް ދުވަސްކޮޅަކަށް ކައުންސިލުން ހަރަދުކުރަން ޖެހުނަސް ލިބޭ އާމްދަނީން ތަން ހިންގޭނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ މެޖޯރިޖީ ކައުންސިލަރުންގެ ވޯޓުން ވިލިމާލޭގައި ބުޅާ ޝެލްޓާއެއް ގާއިމްކޮށް، ވެޓް ކްލިނިކެއް ގާއިމްކުރުމަށް ފާސްވި ނަމަވެސް ވިލިމާލެ ރައްޔިތުންވެސް މިކަމާއި ދެކޮޅުކަމަށާއި އަދި ރައްޔިތުން ތަމްސީލުކުރަން ހުރި މީހެއްގެ ހައިސިއްޔަތުން އޭނާވެސް މިކަމާއި ދެކޮޅުކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު ކައުންސިލަރުންވެސް ވަނީ ވާހަކަދައްކަވާފައެވެ.

އެމްޑީޕީ ތަމްސީލު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު މި މައްސަލައާއި ގުޅިގެން ވިދާޅުވބުޅަލަކީ މީހުން ހިތްހަމަޖެހުމަށްޓަކައި މިހާރު ގެންގުޅެމުން އަންނަ އެއްޗަކަށް ވާއިރު އެ އެއްޗިއްސަށް ފަރުވާކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައި އޮންނަން ޖެހޭ ކަމަށެވެ.

ސައިފް ވިދާޅުވީ މާލޭގެ އާންމު ސިއްހަތަށް ގެއްލުންވާ ދަރަޖަ އަށް މާލޭގެ ބުޅަލުގެ ނަޖިހުގެ މައްސަލަ ފޯރާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ބުޅާ މަދުކުރަން ޖެހޭ ކަމަށެވެ. އެހެންވެ ވެޓް ކްލިނިކާއި އެކު ބުޅާ ޝެލްޓާއެއް ހުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ނަހުލާގެ ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ ތަނެއްގައި ވެޓް ކްލިނިކެއް ހުރުމަކީ އެތަނެއްގައި ބުޅާ ގިނަވާނެ ސަބަބެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެތަނާ އެކު އެތަނުގައި ނުރައްކަލެއް ވެސް އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކައުންސިލުގެ އެހެން މެމްބަރުން ވެސް ވާހަކަ ދެއްކެވީ ވިލިމާލޭގައި ބުޅާ ޝެލްޓާއަކާ އެކު ވެޓް ކްލިނިކެއް ހެދުމާއި އެއްކޮޅަށެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 11%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: