ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރައީސް މުއިއްޒު ވަޒީރުންނާއި އެކު ދަތުރުތައް ފައްޓަވަނީ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނާއި ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވާ، ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް އަންނަ ހަފްތާގައި ދަތުރުތައް ފައްޓަވާނެ ކަމަށް އިއުލާނު ކުރައްވައިފިއެވެ.

މާލޭ މޭޔަރު އާއި ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކީގައި އިންތިހާބު ވެގެން އަންނަނީ ރައްޔިތުންނަށް ކުލުނާއި ލޮތްބާއި އެކީގައި ހިދުމަތް ކުރަން ކަަމަށެވެ. ތަފާތު ކުރުމެެއް ނެތި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ކަމަށްވާއިރު، އެގޮތުގައި ހުރިހާ ރަށެއްގެ ކައުންސިލްތަކުން މަސައްކަތް ކުރާނެ ކަމަށް ޔަގީން ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރަން ނިންމެވި ކަމަށާއި، އެ ދަތުރުތައް މި އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ. އަދި ވަގުތު ލިބޭވަރަކުން ވަރަށް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލެވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވާ ދިނުމަކީ މީގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށެވެ. މިގޮތުން ދެ މަހުން އެއް މަހު ވަޒީރުން، ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔާ ދިނުމަށް، ރައްޔިތުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭނެ ކަަމަށް މީގެ ކުރިން ވިދާޅުވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: