ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަކީ ޒިންމާއެއްގެ އިތުރުން އަމާނާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަކީ ޒިންމާއެއްގެ އިތުރުން އަމާނާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން “ބާއްޖަވެރި ހެނދުނެއް”ގެ ޕްރޮގްރާމުގައި ވިދާޅުވީ ޢާންމުންގެ ފަރާތުން ގުޅުންވި ބައެއް ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސްކޫލުދައުރުގެ ޓީޗަރެއްކަމުގައިވާ އައްޝައިޚް ޝުޢައިބު ޢަބުދުއްރަޙްމާން މި ޕްރޮގްރާމުގައި ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާއާ ދެއްކެވި ވާހަކަފުޅުގައި، ވެރިކަމަކީ އުފަލެއްކަމުގައި ދެކެވަޑައިނުގަނެ މަސައްކަތްކުރެއްވުމަށާއި ރައްޔިތުންނާއި ގުޅޭ ކަންކަން ނިންމެވުމުގައި އެތައް ހާސްފަހަރު ވިސްނެވުމަށް ފަހު ނޫނީ ނުނިންމެވެމަށް ނަސޭޙަތެއްގެ ގޮތުގައި އެދިވަޑައިގެންނެވިއެވެ.

މި އެދިވަޑައިގެންނެވުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ އެމަނިކުފާނުގެ ވެސް ވިސްނުންފުޅު ހުރިގޮތްކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މުދައްރިސްގެ ވާހަކަފުޅުގައި ރައީސްއަކީ ސްކޫލުދައުރުގައި ވެސް އެހެންކުދިންނާ ޚިލާފަށް މަޑުމައިތިރިކަމަށް ލޯބިކުރެއްވި އަދި އަޚްލާޤު ރަނގަޅު ހިތްހެޔޮ ދަރިވަރެއްކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށާ އަދި އެ ވަޢުދުތައް ފުއްދަވާނެކަމުގެ ވަޢުދުވެސް ވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާނީރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ލިބުނު ތ. އަތޮޅު ގުރައިދޫއަށް ކަމަށާއި އެ ރަށަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން އުންމީދުކުރައްވަނީ އަންނަ ރަމަޟާންމަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގެންނެވުމަށް ކަމަށާއި އަދި ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ކޮށްމެ ރަށަކަށްވެސް ދަތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ދެކަނބަލުންގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދެއްކާވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: