ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 50 އަހަަރު އޮސްޓްރޭލިއާއިން ރާއްޖެއަށް ދެއްވި އެއްބާރުލުމަށް ރައީސް ޝުކުރު އަދާކޮށްފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 50 އަހަަރު އޮސްޓްރޭލިއާއިން ރާއްޖެއަށް ދެއްވި އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ގަވަރނަރ ޖެނެރަލް ޑޭވިޑް ޖޯން ހަރލީއަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ރައީސް މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

މި ދެބޭފުޅުންނަށް ވަކިވަކިން ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.

އެ މަނިކުފާނުގެ މެސެޖުގައި، ވޭތުވެދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މި ދެ މެސެޖުވެސް އެމަނިކުފާނު ނިންމަވައިލައްވާފައިވަނީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމުގައި ބަޔާންކުރައްވަމުންނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މިއަހަރަކީ ދެ ޤައުމުގެ ގުޅުމަށް ރަންޔޫބީލް ފުރުން ފާހަގަކުރާ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: