ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ބަހަށް އެންމެ ގިނަ ހިދުމަތް ކޮށްދެނީ ޖުޑިޝަރީއިން، މިކަން ފާހަގަކުރަންޖެހޭ: ސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ބަހަށް އެންމެ ގިނަ ހިދުމަތް ކޮށްދެނީ ޖުޑިޝަރީއިންކަމަށާއި، މިކަމުގެ އަގު ވަޒަން ކުރަންޖެހޭކަމަށް ސްޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ދިވެހިބަހުން ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ، ސޮފްޓްވެއަރ ”ކޭލި“ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހުނުއްސުއޫދު ވިދާޅުވީ މިއީ ދިވެހި ބަސް ޓެކޮނޮލޮޖީއާއި ފައި ހަމަކުރުމަށް އަޅާ އިންގިލާބީ ފިޔަވަޅެއްކަމަށެވެ.

މިކަމުން ހަމައެކަނި ފަސޭހަވާނީ ޝަރީއަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަ ދިވެހި އަކުރުތަކަށް ބަދަލު ކުރުމަށް ނޫންކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ ހުކުމްތައް ލިޔުމުގައިވެސް ފަސޭހަވެގެންދާނެކަމަށެވެ.

އެހެން މުއައްސަސާތަކުންވެސް މި ސޮފްޓްވެއަރ ބޭނުންކުރާކަމަށްވާނަމަ ފަސޭހަ ވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މަޖިލީހުގެ ފްލޯގައި ދެކެވޭ ވާހަކަތައް ލިޔުމަށްވެސް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އާބިޓްރޭޝަން ފަދަ މަޖިލީސް ތަކުގައިވެސް މި ސޮފްޓްވެއާ ބޭނުން ކުރެވޭނެކަމަށް ވިދާޅުވިއެވެ.

ޔައުމިއްޔާތައް ލިޔުއްވުމުގައި، ހަމަ ޖަލްސާތަކުގެ ޔައުމިއްޔާތައް ލިޔުއްވުމުގައި އަދި އެހެނިހެން ފަރާތްތަކުންވެސް ތަހުގީގު ކުރައްވާ، އެ ފަރާތްތަކުން ކުރައްވާ ތަހުގީގުތައްވެސް ހިއުމަން ރައިޓްސް ކޮމިޝަންކަމަށްވިއަސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންކަމަށްވިއަސް އަދި އެހެން ކޮމިޝަންތަކުންކަމަށްވިއަސް، އިލެކްޝަން ކޮމިޝަންސްކަމަށްވިއަސް، މި ފަރާތްތަކުން ކުރައްވާ ތަހުގީގުތަކުގައިވެސް މި ސޮފްޓްވެއާ ބޭނުން ކުރުމުން އަވަސްވެގެންދާނެ އެބޭފުޅުންގެ މަސައްކަތް

މި ސޮފްޓްވެއާ އިތުރަށް ތަރައްގީވެ އެކިއުރޭޓުވެގެން އަންނާނެކަމަށާއި، ލައިވްކޮށް ދެކެވޭ ވާހަކަތަކާއި، އަދި ރިކޯޑިންގސްތައްވެސް ދިވެހި ބަހުން ލިޔެވޭނެކަމަށް ފާހަގަކޮށް ހުސްނުއްސުއޫދު ވިދާޅުވީ މިކަމުގެ ސަބަބުން މަސައްކަތަށް ލުއިވެ، ހަރަދުވެސް ކުޑަވެގެންދާނެކަމަށެވެ.

މީގެ އިތުރުން ހުސްނުއްސުއޫދު ވަނީ ޖުޑިޝަރީއިން ދިވެހި ބަހަށް ކޮށްދޭ ހިދުމަތްތައް ފާހަގަނުކުރާކަމަށް ވިދާޅުވެފައެވެ. ދިވެހި ބަހުން ލިޔުންތައް އުފެދުމުގައި އާއި އަދި ދިވެހި ބަހާއި ގުޅުން ހުރި އެހެން ކަންކަމުގައިވެސް ޖުޑިޝަރީއަށްވުރެ ކުރީގައި އުޅޭ ބަޔަކު ނުތިބޭނެކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ، ގައުމީ ފެންވަރުގައި މިކަންކަމުގެ އަގު ވަޒަން ނުކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: