ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔަޒްމީދް ވެގެންދާނީ ދިވެހިީންގެރާއްޖެ ސަރުކާރަށް ފުރިހަމައަށް ޑެލިވަރ ކޮށްދޭނެ މެންބަރަކަށް: އިހްސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން.... ފޮޓޯ: މި ނޫސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޔަޒްމީދް ވެގެންދާނީ ދިވެހިީންގެ ރައްޖެ މިސަރުކާރަށް ފުރިހަމައަށް ޑެލިވަރ ކޮށްދޭނެ މަޖިލިސް މެންބަރަކަށް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

“އިންޤިލާބީ ބަދަލަކަށް ޔަޒްމީދު 2024” ނަމުގައި ކެމްޕެއިން ޖަގަހަ ހުޅުވުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އިހްސާން ވިދާޅުވީ މިވަގުތު ސަރުކާރާއި އެކު މަސައްކަތް ކުރައްވާ ވިލިނގިލި ދާއިރާގެ ކެންޑިޑޭޓަކީ އެދާއިރާގެ އެއް ނަންބަރު ކެންޑިޑޭޓް ކަމަށެވެ.

އިހްސާން ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ވާދަކޮށް ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކެބިނެޓެއް އައްޔަނު ކުރެއްވިކަމަށެވެ. އެ ކެބިނެޓަށް ރުހުން އޮތްތޯ ބަލަން ފޮނުވީ ހަމަމަގަށް ރާއްޖެ ގެންދާނެ ކަމަށް ދައުވާ ކުރައްވާ، މިހާރުވެސް އޮތް މަޖިލީހަށް ކަމަށް އިހްސާންވިދާޅުވިއެވެ.

“އެތަނުން ބޭފުޅަކު ގުޅުއްވާ ވިދާޅުވީ ތިހާ ބައިވަރު ރަލާއި މަސްތުވާ ތަކެތި ހިފަހައްޓަންޏާ، ކިހިނެއްހޭ ރުހުން ލިބޭނީ. އަޅުގަނޑު ދެންނެވީ ދުނިޔޭގެ އެހެން ކޮންމެ ގައުމެއްގައިވެސް ދާހިލީ ވަޒީރު ކައިރިން އަހާނެޔޭ ތި މަސްތުވާ ތަކެތި ނުހިފަހައްޓަންޏާ ކިހިނެއްހޭ ރުހުން ލިބޭނީ. އަޅުގަނޑު ދެންނެވީ ކީއްވެހޭ ހުރިހާ ކަމެއް އެކޮޅުކޮޅުންތި ހިނގަނީ” އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ އެބޭފުޅާ ފަހުން މެސެޖްކުރައްވައި މާފަށް އެދިފައި ވާކަމަށެވެ. އިހްސާން ވަނީ ރާއްޖެ ހަމަމަގަށް އެޅުވުމަކީ އެއީތޯ ސުވާލު އުފައްދަވާފައެވެ. ރައީސް މުއިއްޒު ދެއްކެވީ ވަރަށް ސާފު ތިން މަސައްކަތެއް ކަމަށް އިހްސާން ވިދާޅުވިއެވެ. ފުރަތަމަ މަސައްކަތަކީ ދިވެހިރާއްޖެ މަސްތުވާ ތަކެތިން އެއްކޮށް ސަލާމަތް ކުރުން ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ދިވެހި ޒުވާނުން ތެރޭގައި ދިވެހި ފުހުންނަށް ރެކްރޫޓު ކުރަން އިއުލާނު ކުރުމުން އެއްސީދަލަށް ހިނގާ ޒުވާނުން ނުލިބިގެން އުޅުއްވަން ޖެހޭކަމަށެވެ. އެހެންކަމުން މިއީ ފާތުވެދިޔަ ފަސްއަހަރުތެރޭގައި އެބޭފުޅުން ވިދާޅުވާ ރަނގަޅު ވެރިކަން ކޮށްފައި ދިޔައިރު ގައުމު އޮތް ހާލަތު ކަމަށް އިސްސާން ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: