ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތިން ރާއްޖެ ސަލަމާތްކުރުމަށް ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރާނަން: އިހުސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ----- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރައްވާނެކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި “ވެސެލްސް ޓްރެކިން ޑިވައިސް” ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވނީ ނިންމަވާފައެވެ. އެ ޕޯސްޓުގައި އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ރައީސް މުއިއްޒު ނިިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސެލް ޓްރެކިންގ ޑިވައިސްއެއް ހަރުކޮށް މޮނިޓަރކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައެވެ.

ވަޒީރުންގެ މަޖިލީގުގެ ލަފާފުޅާއެކު ރައީސް ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިންގ ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު އިސްލާހުކުރުމަށް ގެންނެވުމަށްވެސް ނިންމަވާފައެވެ. އަދި މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި އެމް،އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސެވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވައިފައެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ހޯމް ސެކްޓަރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ޓާސްފޯސްގެ މަސައްކަތުން މިހާތަނަށް ޖުމްލަ 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: