ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރި ސިނާއަތް ތަރައްގީކުރުމުގައި ވިލިނގިލި ދާއިރާގެ އެއްބާރުލުން ބޮޑު: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމ..... ފޮޓޯ:: މި ނޫސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތު ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް އެ ސިނާއަތް ތަރައްގީ ކުރުމުގައި ވިލިނގިލި ދާއިރާގެ ވިސްނުމާއި އެއްބާރުލުން ބޮޑު ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދުގެ ކެމްޕެއިން ޖަގަހަ ”އިންޤިލާބީ ބަދަލަކަށް ޔަޒްމީދު 2024“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. ޝިޔާމް އާއި އެކު ދައުލަތުގެ އެހެން ބައެއް ވަޒީރުން ވެސް ބައިވެރިވި މި ޖަލްސާގައި ޝީޔާމް ވިދާޅުވީ ވިލިނގިލި ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމާއި ނުލާ މަސްވެރިކަމުގެ ދާއިރާ ރަނގަޅު ނުކުރެވޭނެ ކަމަށެވެ. މަސްވެރިންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރާ އަޑު އިވިގެންދިޔައީވެސް ހުވަދޫ އަތޮޅުގެ ކޫއްޑޫއިން ކަމަަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ކޫއްޑޫގެ ރައްޔިތުން ކުރަމުން ދިޔަ އިހުތިޖާޖަށް އަލި އަޅުވައިލައްވައި ޝިޔާމް ވިދާޅުވީ އެ އިހުތިޖާޖަކީ މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ސިނާއަތައް އެމީހުންގެ ހިތުގައިވާ ލޯބި ދައްކުވައިދިން އިހުތިޖާޖެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ދެމެދު މަސްވެރިންގެ އޮތް އުއްމީދު އެ އިހުތިޖާޖުން ފެނިގެން ގޮސްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިހުތިޖާޖުގެ ތެރޭގައި ވިލިނގިލީގެ ރައްޔިތުން ގިނަކަން ފާޙަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ޒާއާމަތުގައި މަސްވެރިކަމުގެ ސިނާއަތަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. ރައީސްގެ ވައުދުފުޅުތައް އެކުލެވޭ ފޮތެއް އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލަށް ދެއްވި ކަމަށާއި ވައުތަކަށް ފިއްލަވާނެ ބޭފުޅަކު އެފަދަކަމެއް ނުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިޅީހުން އަދިވެސް އެމަނިކުފާނުގެ ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ރުހުން ނުދީކަމަށެވެ. ޝިޔާމް ވިދާޅުވީ މަޖިލީހުގައި އޮތީ އެހާވެސް ޒިންމާދާރުކަން ކުޑަގޮތެއްގައި މަސައްކަތް ކުރައްވާ މެޖޯރިޓީ ޕާޓީއެއް ކަމަށެވެ. ރައީސް މުއިއްޒުގެ މެނިފެސްޓޯއަކީ ރައްޔިތުން ބޭނުންވާ މަގަށް ރައްޔިތުންނަށް ގެނެސްދެއްވި ތަސައްވަރެއްް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ގެންގުޅުއްވާ ތަަސައްވަރުގައި ކުލަ ޖެއްސޭނީ ރައްޔިތުންގެ އެއްބާރުލުމާއި ރައްޔިތުންގެ އެހީތެރިކަން ލިބިގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވާ މެންބަރުންނަކީ އެމަނިކުފާނުގެ ތަސައްވަރު ތަމްސީލު ކުރައްވަން ތައްޔާރަށް ތިއްބަވާ މެންބަރުންނަށް ވާންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ވިލިނގިލި ދާއިރާގެ އެ މެންބަރަކީ ޔަޒްމީދު މުހައްމަދު ކަމަށް ޝީޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: