ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއަކީ ދިވެހީންގެ އެންމެބޮޑު އުންމީދު ކަމަށް ވަޒީރު ޝިޔާމް ވިދާޅުވެއްޖެ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު ކަމަށާއި، އެމަނިކުފާނު ތަފާތު ދައްކަވާނެ ކަަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިގޮތަށް ވިދާޅުވިއިރު، ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިދިކޮޅު މައި ޕާޓީ ޕީޕިއެމްއިން ވަކިވެވަަޑައިގެންފައެވެ. އަދި އެމަނިކުފާނު އުފައްދަވާ ޕާޓީއާއި ގުޅުމަށް ތައްޔާރަށް ތިބުމަށް ކުރީގެ ވަޒީރު އަދި ޕީޕީއެމްއިން ވަކިކޮށްފައިވާ މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހުމަދުއެވެ.

މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން ވަޒީރުން ރައީސް ޑރ. މުއިއްޒާއެކު ތިއްބެވިކަން ހާމަކުރައްވަމުން ގެންދަވާއިރު، ޝިޔާމް ވިދާޅުވީ 19 ވަނަ މަޖިލީހާއެކު ޕާޓީގެ ނައިބުރައީސެއްގެވެސް މަސްޢޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސްޢޫލިއްޔަތު ވެގެންދިޔައީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކަށް ކަަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީގެ ރައީސް ޔާމީން ހައްގު ނޫން ސިޔާސީ ހުކުމެއްގައި ޖަލުގައި ގައިދުކޮށްގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތައް ކަމަށްވެސް ވިދާޅުވިއެވެ،

“ދާއިރާތަކުގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕް، ޕީޖީ ގްރޫޕް މެންބަރުން، ސެނެޓަރުން، ދާއިރާތަކުގެ ރައީސުން، ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކުން އަދި ހާއްސަކޮށް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ރާއްޖޭގެ މީޑިޔާތަކުން ލިބުނީ އާދަޔާ ހިލާފު ފުރިހަމަ އެއްބާރުލުމެއް.” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

‏ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި އިންތިހާބީ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު އޭރުގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ރައީސް ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި އިލްތިމާސް ކަމަށެވެ. އަދި ޖެހިގެން އައިދުވަހު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނުއިރު ކަމަށާއި ވެެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކިރައްވަންހުރި ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި އެހުރިހާ ވައުދުފުޅުތަކަކީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވިފައިވާ ކަންކަން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅަށް ފުރަގަސްނުދެއްވާނެ ކަމުގެ ހެއްކަކީ އެއީ ކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ދެފުއްފެންނަ ވެރިކަމެއްގެ ޔަގީންކަން އޮންނެވި ކަމަށެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްގެ ފޮނި ނަތީޖާާ ކަަމަށެވެ. އަދި ސަރުކާރު ގެނެވުނީ ރައްޔިތުން ފަސް އަހަރު މަގުމަތީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި ރައީސް ޑރ. މުއިއްޒު އާއެކު ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް އެބަ ހުރި ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: