ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރުފުޅުގައި ކެމްޕެއިން ކުރާކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އަންގައިފި

މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ނ. ކެނދިކުޅުދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ނ. ކެނދިކުޅުދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ މަސައްކަތުގެ ބަދަލުގައި ކެމްޕެއިން ކުރައްވާފައިވާކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާނުގެ މައްސަލަ ލޯކަލް ގަވަމަންޓު އޮތޯރިޓީ އެލްޖީއޭއިން ކުށްވެރިކޮށްފި އެވެ.

މަޖިލިސް އިންތިހާބު ގާތްވެފައި ވަނިކޮށް ރައީސް މުއިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރައްވަމުން ގެންދަވަނީ، ރަސްމީ ގޮތުން ދައުލަތުގެ ވަޒީރުންނާއި އެކު އެވެ. ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި އިންތިހާބު ކާމިޔާބުކޮށް ދޭން މަސައްކަތް ކުރުމަށް ކޮންމެ ޖަލްސާއެއްގައި ވެސް ރައީސް އެދިވަޑައިގަންނަވާއިރު، މިދިޔަ ތިން މަހުގެ ތެރޭގައި އެމްޑީޕީން ސަރުކާރަށް ޖެއްސުންކޮށް އުނދަގޫތައް ކުރިމަތި ކުރުވިކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ޕަޕެޓުންތަކެއް މަޖިލީހުގައި ތިބޭކަމަށް ކެނދިކުޅުދޫ ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނިކޮށް، އެ ރަށުގެ ކައުންސިލުން އާންމު ކުރި  ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަކީ ރަސްމީ ދަތުރެއްކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސި ކަމަށެވެ. އެކަމަކު ރަސްމީ ޖަލްސާގެ ވަކި ހިސާބަކުން ރައީސާއި އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންގެ ވާހަކައިގެ މިސްރާބު ބަދަލުވީ ސިޔާސީ ޕޯޑިއަމަކަށްކަމަށާއި ރައީސް ނިސްބަތްވާ ޕާޓީއަކުން މަޖިލިސް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދުމަށް ކެމްޕެއިން ކުރެއްވިކަމަށް ބަޔާނުގައި ވެއެވެ.

މި ބަޔާނުގެ މައްސަލައިގައި އެލްޖީއޭއިން ބުނީ، ހަމައެކަނި ތައްގަނޑު ޖަހާފައިވާ އެ ބަޔާނުގައި އެއްވެސް މެމްބަރެއްގެ ސޮއި ނެތުމުން ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް މަތި ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ބަހައްޓާގައިގެން ނުވާނެ ކަމަށެވެ.

މި ސިޓީ މާދަމާގެ 14:00 ގެ ކުރިން އަނބުރާ ގެންދަން އެންގިކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ރައޫފަށް ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ރައީސް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކައުންސިލްތަކާއި ބައްދަލު ކުރައްވައި، ދިމަވާ ދަތިތައް އޮޅުންފިލުވައި މަޝްވަރާ ކުރައްވަ އެވެ. އެގޮތުން ނ. އަތޮޅުގެ ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި ވެސް ބައްދަލު ކުރައްވައި ރަށުގެ ތަރައްގީއާއި ގުޅުން ހުރި ކަންކަމަށް މަޝްވަރާ ކުރައްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: