ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު: 21، 22 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން އެދެނީ!

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނަ ތާރީހާއި، އެ ދުވަހުގެ ޖެހިގެން އަންނަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ކަނޑައަޅައިދޭން އިލެލްޝަންސް ކޮމިޝަނުން ހުށަހަޅައިފި އެވެ.

ރޯދަ މަހުގެ ދުވަހަކަށް އިންތިހާބު ދިމާވާތީ، ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 21 ގައި ވޯޓުލުން ކުރިޔަށް ގެންދިއުމަށެވެ.

ތާރީހުތަކުން ބަލާއިރު އެއީ އާދީއްތަ ދުވަހަކަށް ވާތީ، ގިނަ ބަޔަކު އެކަމަށް ފާޑުކިއުން އަމާޒު ކުރިއިރު އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނެ އެވެ. އެމްޑީޕީގެ ހަރުގޭގައި މި ހަފްތާގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ ސަރުކާރުން މަސައްކަތް ކުރީ އިންތިހާބު ރޯދައިގެ ކުރިޔަށް ބޭއްވުމަށްކަމަށާއި އޭގެ ފަހުން ބިލު ތަސްދީގު ނުކޮށް ހިފެހެއްޓީ ކަމަށެވެ.

އެއަށް ފަހު ބަންދު ނޫން ދުވަހެއްގައި އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، ސަރުކާރުގެ ނުފޫޒުގައި ޖެހިގެންކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ދޮގު ކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުދާއު ތައުފީގު ވިދާޅުވީ އޭޕްރިލް 21 ގައި އިންތިހާބު ވާއްވަނީ އެއީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސްކަމަށް ވާތީ ކަމަށެވެ. އަދި އިތުރަށް އިންތިހާބު ލަސްކޮށްފި ނަމަ ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ކުރިން އު މަޖިލިސް ނުހޮވިދާނެތީކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ 21،22 އެއީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިދޭން އެދި ހުށަހަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: