ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލުން އާދީއްތައަށް ދިމާވާކަން ވެސް އެނގުނީ މީޑިއާތަކުން، އެ ދުވަސް ބަންދު ވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު، ގާނޫނަށް ގެނެވުނު އިސްލާހާއި އެކު ދެން އޮންނާނީ އޭޕްރިލް 21 ގަ އެވެ. އާންމުކޮށް އިންތިހާތައް ބާއްވާ ތާރީހުތައް ދިމާވަނީ ހޮނިހިރު ދުވަސްތަކަށް ނަމަވެސް، ގާނޫނަށް ބަލާއިރު އިލެކްޝަންސް ކޮމިޝަނުން ބުނީ އާދީއްތަ ދުވަހަށް ކަނޑައެޅީ ލިބޭ 10 ދުވަސް ހަމަވާ ދުވަހަކީ އެއީކަމަށް ވާތީ، އިތުރު ފުށުއެރުންތަކެއް ދިމާވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އިންތިހާބު އޮންނަ ދުވަހާއި، އަދި އޭގެ ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދުކޮށް ދޭން އެދި އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައި ވަނިކޮށް މިއަދު ރ. ދުވާފަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބު އޮންނަ ދުވަސް ރަސްމީ ވަންދު ނޫން ދުވަހަކާ ދިމާވީ އެމަނިކުފާނު ނުފޫޒު ފޯރުވައިގެންކަމަށް އިދިކޮޅުން ތުހުމަތު ކުރިނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ.

ފާޑުކިއުންތަކާއި، ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އިންތިހާބު އާދީއްތަ ދުވަހަކަށް ދިމާވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބުތަކާއި ބެހޭ ގާނޫނުގެ ދަށުން ބަލާ ތާރީހުތަކުން ކަމަށެވެ. އަދި އާދީއްތަ ދުވަސް ބަންދުކޮށްދޭން އެދި އީސީން ހުށަހަޅާފައިވާއިރު، އެގޮތަށް އެމަނިކުފާނު ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންތިހާބު އާދީއްތައަށް ދިމާވާކަމާއި، ތާރީހަކީ ކޮބައިކަން އެމަނިކުފާނަށް ފެނިވަޑައިގަތީ ވެސް މީޑިއާތަކުން ކަމަށެވެ. އޭރު ވެސް އެގޮތަށް ދިމާވާންވީ ކީއްވެގެން ތޯ ސުވާލު އުފެދުނުކަމަށާއި، ކަން ހިނގި ގޮތް ސާފު ކުރުމުން އެއީ ގާނޫނު އޮތް ގޮތުންކަން އެނގުނުކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ހެދީ ގާނޫނުގަ އޮތް ގޮތްވީމަ.. އަޅުގަނޑާ މަޝްވަރާ ކުރުމަށް ފަހުއެއް ނޫން.. ދެން އަޅުގަނޑު ދަންނަވާފަ އޮންނަނީ ބަންދު ކުރާނަމޭ…

ތާރީހުތަކުން ބަލާއިރު އެއީ އާދީއްތަ ދުވަހަކަށް ވާތީ، ގިނަ ބަޔަކު އެކަމަށް ފާޑުކިއުން އަމާޒު ކުރިއިރު އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނެ އެވެ. އެމްޑީޕީގެ ހަރުގޭގައި މި ހަފްތާގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ ސަރުކާރުން މަސައްކަތް ކުރީ އިންތިހާބު ރޯދައިގެ ކުރިޔަށް ބޭއްވުމަށްކަމަށާއި އޭގެ ފަހުން ބިލު ތަސްދީގު ނުކޮށް ހިފެހެއްޓީ ކަމަށެވެ.

އެއަށް ފަހު ބަންދު ނޫން ދުވަހެއްގައި އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، ސަރުކާރުގެ ނުފޫޒުގައި ޖެހިގެންކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ދޮގު ކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުދާއު ތައުފީގު ވިދާޅުވީ އޭޕްރިލް 21 ގައި އިންތިހާބު ވާއްވަނީ އެއީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސްކަމަށް ވާތީ ކަމަށެވެ. އަދި އިތުރަށް އިންތިހާބު ލަސްކޮށްފި ނަމަ ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ކުރިން އު މަޖިލިސް ނުހޮވިދާނެތީކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 43%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: