ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ މިހާރު ވަގުތުން ލިބޭނެ!

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މިހާރު ވަގުތުން ލިބޭނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެކެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ބީއެމްއެލްއިން ބުނެފައި ވަނީ ކަސްޓަމަރުންނަށް އިންޓަނެޓު އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ޖުމްލަ އަދަދާ ހަމައަށް ޕާސަނަލް ފައިނޭންސިނައަށް ހުށަހެޅޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިންގ އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ ޚިދުމަތް ލިބިގެންދާނެކަމަށް ބުންޏެވެ.

ބީއެމްއެލްއިން ބުނެފައި ވަނީ ވަގުތުން އެޕްރޫވްކުރާ ފައިނޭންސިންގ ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން މެދުވެރިކޮށް ނަޤުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ޚިދުމަތް ހޯދުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންނެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕްރޮސެސް ކުރުމަށް ކުރިން 5 ދުވަސް ނަގާއިރު މިހާރު މަދު ވަގުތުކޮޅެއްތެރޭގައި ކަސްޓަމަރުނަން ބޭނުންވާ ޚިދުމަތް ފަސޭހަކަމާއެކު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: