ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމާއި ސަރުކާރު ހިންގަން މަޖިލިސް މެޖޯރިޓީ މުހިންމު: ނަސީމް

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމާއި ސަރުކާރެއް އެންމެ ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީގެ ރަނގަޅު މެޖޯރިޓީއެއް އޮތުން މުހިންމުކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ސަރުކާރުން ވެސް ތަކުރާރުކޮށް ބުނަމުން ގެންދަވަނީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ. އަދި ސަރުކާރުގެ ވައުދުތަކާއި، ”ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ ތަންފީޒު ކުރެވޭނީ އެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންކަމަށް ވަނީ ބުނެފަ އެވެ.

ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމުގައި ނަސީމް ވިދާޅުވީ ސަރުކާރެއް ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެކަމަށާއި، އެ ނޫން ހާލަތެއްގައި ދިމާވާ އުނދަގޫތައް މިހާރު ވެސް ފެންނަމުން ދާ ކަމަށެވެ. ނަސީމް ވިދާޅުވީ ތާރީހަށް ބަލާކަމަށް ވާނަމަ، ފެހި ގާނޫނަށް އަމަލު ކުރަން ފެށިފަހުން ވެސް ސަރުކާރާއި އިދިކޮޅު މެޖޯރިޓީއެއް މަޖިލިސްގައި އޮތުމުގެ ސަބަބުން ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެތައް އުނދަގޫތައް ދިމާވި ކަމަށެވެ.

ޑިމޮކްރަސީއެއްގެ އެންމެ ރަނގަޅު ގޮތަކީ ނަސީމް ވިދާޅުވި ގޮތުގައި، ހަމަ ހަމަ ގޮތެއްގެ މަތީން ޖަވާބުދާރީ ކުރުވޭނެ ގޮތެއްވެ އޮވެފައި ސަރުކާރަށް މަސައްކަތް ކުރެވޭނެ މަގު މަޖިލިސްއަށް އޮތުން ކަމަށެވެ. ބޮޑު މެޖޯރިޓީއެއް ސަރުކާރުގެ އަތުގައި އޮތުމަކީ އެއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތެއްކަމަށް ބުނެވެން ނެތްކަމަށާއި، ބޭނުން ވަނީ އިހުލާސްތެރި މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މެޖޯރިޓީ އިދިކޮޅަށް ލިބިގެން، ގިނަފަހަރަށް ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރާކަމަށެވެ. އޭގެއިން ގެއްލުންވާނީ ނަސީމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަށްގެ ބަދަލުގައި ދިވެހި ރައްޔިތުންނާއި ގައުމަށެވެ.

އޭގެއިން ގެއްލުމެއް ރައީސުލްޖުމްހޫރިއްޔާއަކަށް ނުވާނެ.. ގެއްލުން ވާނީ… ދިވެހި ރައްޔިތުންނާ، ދިވެހި ގައުމަށް.. މެމްބަރުންނަށް މުސާރައާއި އިނާޔަތްތައް ލިބިލައްވާނެ ނޫން ތޯ.. ދިވެހި ރައްޔިތުންނާ، ދިވެހި ގައުމަށް ނޫން ތޯ ހުރިހާ ގެއްލުމެއް ވާނީ.. އެހެންވީމަ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ސަރުކާރަށް މެޖޯރިޓީ އޮވެފައި، ސަރުކާރު ޖަވާބުދާރީ ވެސް ކުރުވާނެ ރަނގަޅު ބަޔަކު ތިބުން..

ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާ ހަމައަށް ނަތީޖާ ނެރެދިނުން ކަމަށެވެ. ސަރުކާރުން ވެރިކަމަށް އައުމަށް ވި ވައުދުތަކުން ހަފްތާ 14 ގައި ހިމެނުނު ހުރިކާމެއް ފުރިހަމަ ކުރެވިފައިވާކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓުގައި މަޝްރޫއުތައް ނިންމޭވަރުގެ ކުޑަ މިންވަރެއް ހިމަނާފައިވީ ނަމަވެސް އިތުރު ގޮތްތައް މެދުވެރިކޮށް ވެސް ތަރައްގީއަށް ފަށާފައި ހުރި މަޝްރޫއުތައް ނިންމަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: