ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ސިފައެއްގައި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ޖާގައެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނީފޯމާއި، ކުލަ ހެދުން ނުވަތަ އެހެން އެއްވެސް ގޮތަކަށް ވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުގެ ޖާގަ ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގައި އިންޑިއާއެކު އެކުލަވާލި އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އެ ގައުމުގެ ސިފައިން ތިބުމަށް ޖާގަދޭކަމަށް ބުނެ އެކަމަށް އެންމެ ބޮޑަށް އަޑުއުފުލާފައި ވަނީ ޕީޕީއެމް/ޕީއެންސީ އެވެ. އެހެންވެ ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށްކަމަށާއި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ދޮޅުމަހެއްގެ ތެރޭގައި އިންޑިއާ – ރާއްޖެ ދެމެދު ހައިލެވެލް އެކި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ.

ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ. އެންމެ ފަހުން ސަރުކާރުން ދިން މައުލޫމާތުތަކުގައި ބުނީ، ސިފައިންގެ އަދަދަކީ 88 ކަމަށާއި އެ އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އިންޑިއާ – ރާއްޖެ ދެމެދު ކުރިޔަށް ދިޔަ ހައިލެވެލް މަޝްވަރާއަށް ފަހު މާ ތަފްސީލީ މައުލޫމާތުތަކެއް ހާމަ ނުކުރި ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ދެމެދު މިހާރު މި މައްސަލައިގައި ލިޔެކިއުމުން އެއްބަސްވުމަަކަށް އާދެވިފައިވާ ކަމަށެވެ. އަދި އެ ތާރީހުތަކުގައި ރާއްޖެ ދޫކޮށް ސިފައިން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އޭދަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ އިދިކޮޅުން މިހާރު ކުރާ މަސައްކަތަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުން ކަމަށެވެ.

ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، މިހާރު އެކަމުގައި ކޮމްޕްރޮމައިޒްވެ ޔުނީފޯމުގެ ބަދަލުގައި ކުލަ ހެދުމުގައި އޮފިސަރުން ތިބޭގޮތަށް ހުއްދަ ދިންކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި ރައީސް ވިދާޅުވީ އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މޭއި 10 އަށް ދާއިރު ރާއްޖޭގައި ނުތިބޭނެ އިންޑިއާގެ ސިފައިންނެއް.. ޔުނިފޯމުގަތޯ.. ކުލަހެދުންތޯއެއް ނޫން.. އެއްވެސް ކަހަލަ ހެދުމުގައެއް ނުތިބޭނެ.. އެއްވެސް ގައުމެއްގެ ސިފައިންނެއް ރާއްޖެއަކު ނުތިބޭނެ.. ޔަގީންކަމާ އެކު ދަންނަވަން..

ޝައްކު އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް ގޮވާލައި ރައީސް ވިދާޅުވީ، ގަބޫލު ކުރަންވީ ލޮލަށް ފެންނަ ހަގީގަތް ކަމަށެވެ. ރައީސް ވިދާޅުވީ އިންޑިއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަމަށާއި، އެގޮތުން އޭގެ ދަށުން އިންޑިއާގެ ވެސް ސިފައިން ގެންދަން ދެކޮޅު ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށާއި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ވެސް އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމަށް މަޝްވަރާ ފެއްޓެވިކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: