ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގައި ތިބި ހުރިހާ ”އާރުކާޓީން“ ވެސް ކުރިން އުޅުނީ ޔޫޓީއެފް އެއްބަސްވުން ހާމަނުކޮށްގެން، މިހާރު ޖަވާބެއް ނެތް: ޔާމިން

އިންޑިއާ އައުޓްގެ ނަމުގައި ހިންގި ހަރަކާތެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމާއި ގުޅޭގޮތުންނާއި، އެ އަދަދުތައް ސާފު ނުވާތީ ރައްޔިތުން އުފައްދާ ސުވާލުތަކަށް ޖަވާބު ނުދޭންވީ ކީއްވެގެން ތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ މަތިންދާ ބޯޓުތަކާއި، ޑޯނިއާތައް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމުގެ ތުހުމަތުތައް ކުރެވެ އެވެ. އެ މައްސަލަ މަޖިލީހަށް އެކި ފަހަރު މަތިން ހުށަހެޅިއިރު އޭގެ ތެރެއިން އެންމެ ގޯސްވީ އުތުރު ތިލަފަޅު އެގްރިމަންޓެވެ. އެކަމާ ދެކޮޅަށް އަޑުއުފުލަށް ރައީސް ޔާމީން ފެއްޓެވި ”އިންޑިއާ އައުޓް“ ގެ ހަރަކާތަކީ ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޖާއިޒް ފައިދާ ނަގައި ބޭރުގެ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ކަނޑައަޅައި ކުރީގެ ސަރުކާރުގެ ގަރާރަކުން މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި އެ ގަރާރު މި ސަރުކާރުން ބާތިލުކޮށްފައި ނުވާތީ، ޕީޕަލްސް ނެޝަނަލް ފްރަންޓުގެ އެކި ޖަލްސާތަކުގައި އެކަމަށް ވެސް ރައީސް ޔާމިން ފާޑުވިދާޅުވެ އެވެ.

އަންނަ އޭޕްރިލް 21 ގައި އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ގެންދަވަނީ އެކި ދާއިރާތަކަށް ވާހަކަ ދައްކަވަމުންނެވެ. ޖަލު ހުކުމް ގޭބަންދުގައި ހުންނަވައި ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި އޮތް ޖަލްސާގައި ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުން ވަނީ ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމި އޮތުމަށް ކަަމަށެވެ. އަދި އެއްވެސް ބައެއްގެ ނުފޫޒުގައި ޖެހި، ބޭނުންވާހާ ގޮތަކަށް މަސައްކަތް ކުރަން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރިކަަމށް ބުނާ އެއްބަސްވުންތަކުގެ ތެރެއިން އުތުރު ތިލަފަޅު އެއްބަސްވުން ހާމަނުކުރާ މައްސަލައިގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އެތައް ރައްޔިތުންތަކެއް މަގުމައްޗަށް ނިކުމެ ބޮޑު ސަރުކާރަކާ ދެކޮޅުވާން މަޖުބޫރުވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުން މިނިވަންކަމަށް ބުރޫ އަރާތީ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިފައިންގެ އަސްކަރިއްޔާގައި އެންމެ ގިނަ ތަރިޖަހާފައި ތިބި ބޭފުޅުން.. އަރާ އިންޓަވިއު ދެއްވާފައި ހުރީ.. އަޅުގަނޑުމެން ކުރާ ސުވާލުތަކަށް.. އެއީ އުތުރުތިލަފަޅަކީ ކޮންބައެއްގެ ތަނެއް ހެއްޔޭ.. އަޅުގަނޑުމެން މި ސުވާލު ކުރިއިރު މިހާރު ހުންނެވި ރައީސާ، މިހާރުގެ ސަރުކާރުގައި ތިބި ހުރިހާ އާރުކާޓީގެ މެމްބަރުން ތިބި.. މިހާރު މި ރައީސް ވެރިކަމަށް އައިސްފަ.. ކީއްވެގެން ތޯ، އަސްކަރިއްޔާގެ ސުވާލުތަކަށް ޖަވާބު ނުދީގެން މި އުޅެނީ.. އުތުރުތިލަފަޅަކީ ދިވެހިން ޕިކުނިކް ދާތަނަކަށް ބަދަލުވެ އެއްކޮށް ނިމުނީތޯ..

ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު މައުލޫމާތުތައް ކިތަންމެ ހިފެހެއްޓި ނަމަވެސް އަދިވެސް ދިވެހި ރައްޔިތުން ތިބީ އެއް ސޮފުހާއެއްގައިކަމަށާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަމަކަށް ނުވާނެ ކަމަށެވެ. އަދި މިއަދު ވެސް އޭރު ވެސް މިކަމުން ގެއްލުންވާން ތިބީ ދިވެހި ރައްޔިތުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އުތުރުތިލަފަަޅުގައި އަސްކަރީ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސޮއިކުރި އެއްބަސްވުމުގެ ކޮޕީއެއް ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ނަމަވެސް މިދިޔަ ސަރުކާރުގައި އޭރު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ އެ މައުލޫމާތުތަކަކީ ތެދު ވާހަކަތަކެއްކަމަށް ބަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ. އެ މައްސަލައިގައި އޭރު ރައީސް ޔާމީނާއި، ޕާޓީގެ މެމްބަރުން ވިދާޅުވީ އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެކަން އެއްބަސްވުމުގެ ބައެއް ބައިތަކުން ހާމަވާ ކަމަށެވެ.

މި އެއްބަސްވުމުން ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިން ތިބުމަށް މަގުފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުމެއް ނެތި އެފަދަ ނިންމުމެއް ނިންމުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާއި ހިލާފުވުންކަމަށް ބަޔާނުގައި ވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަމަށް ވެސް ތުހުމަތު ކުރިއިރު، މި ސަރުކާތަށް ތިން މަސްވިއިރު މިހާތަނަށް އެއްވެސް އެއްބަސްވުމެއްގެ މައުލޫމާތެއް އާންމުކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: