ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ އައު ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތަކާ މެދު މަޝްވަރާތައް ފަށައިފި

ވީއައިއޭގެ އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތަކާއިމެދު ސްޓޭކްހޯލްޑަރުންނާއި އެކު އެމްއޭސީއެލް އިން ބޭއްވި މަޝްވަރާގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަމިނަލްގެ އޮޕަރޭޝަންސް ފެށުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފިއެވެ.

އައު ޓަމިނަލްގެ އޮޕަރޭޝަންސްގެ ފެށުމުގެ ގޮތުން، މިއަދު ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގައި ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތައް ވަނީ ބައްދަލު ކުރައްވާފައެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އައު ޓަރމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އައު ޓަރމިނަލް ބޭނުންކުރަން ފެށުން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއަރޕޯޓުގައި ޚިދުމަތް ދެއްވާ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެކަމަށް ވިދާޅުވި އެވެ.

އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއަރޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ

މި ބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއަރލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އެއަރޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓަރމިނަލާއި، ވީ.އައި.ޕީ ބިލްޑިންގ އަކާއި، ކާގޯ ޓަރމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަރ ސްޓޭޝަނެއްވެސް ވަނީ ޤާއިމު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: