ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތައް ފުއްދުމަށް އެއްބާރުލުން ލިބޭނަމަ މަސައްކަތުގެ ސްޕީޑު އަވަސް ވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ސަރުކާރުން ދެމުން ގެންދާ ހިދުމަތްތަކަށް، ފުރިހަމަ އެއްބާރުލުން ދެއްވާނަމަ މަސައްކަތުގެ ސްޕީޑު އަވަސް ވެ ދެގުނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބ. ހިތާދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ވެރިކަން ހަވާލު ކުރީ ވަރަށް ގިނަ އުންމީދުތަކާއި އެކުކަން ގަބޫލު ކުރައްވާކަމަށާއި އެ ހުރިހާ އުންމީދެއްގައި ކުލަ ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝަކުވާއާއި ހުށަހަޅާ ކަންކަން ހައްލު ކުރައްވާއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރަށުގެ ބަނދަރުގެ މަޝްރޫއަށް ރައްޔިތުން ބޭނުންވާ ބަދަލުތައްގެނެސް އެ މަޝްރޫއު ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހިތާދޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު މި އަހަރުތެރޭގައި ފެށުމަށް މަސައްކަތް ފެށިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުޅިވަރުގެ ދާއިރާއާއި، ސިއްހީ އަދި ތަޢުލީމީ ދާއިރާއިން ހިތާދޫގެ ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ އެއާއެކު ދެންވެސް ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް ކަންކަންކޮށްދެއްވައި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ދަތުރުފުޅުގައި ރައީސް ވަނީ، ހިތާދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވެސް ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަރާމާތުކުރުމުގެ މަސައްކަތް އަވަހަށް ފެށިގެން ދިއުމާއި ބިންހިއްކައި ރަށުގައި ހައުސިންގ ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާކަމަށާއި މަގުހެދުމާއި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމާއި ކަރަންޓުގެ ހިދުމަތް ދިނުމުގައި ހުރި ދަތިކަންތައްތައް އަދި މި ނޫންވެސް ބިނާރުގެ އެކިއެކި މަޝްރޫއުތަކާއި ރަށުގެ ތަރައްޤީއަށް މުހިންމުކަންތައްތައް ހިމެނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: