ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫއަކީ ރާއްޖޭގައި ޤާއިމުކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަހުވަދޫއަކީ ވެސް ރާއްޖޭގައި ގާއިމު ކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ހިމެނޭ ސަރަހައްދުތަކުން މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުޑަހުވަދޫއަކީ ވެސް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ކައުންސިލުން ފާހަގަ ކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެން ދާނެ ކަމަށެވެ. އެގޮތުން ބަނދަރު ވެސް ބޮޑުކޮށް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރުމާއި ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އައު އިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި އަދި އެނޫންވެސް އާބަން ސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ، މި ދަތުރުފުޅުގައި ކުޑަހުވަދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. ރައީސާއި އެކު އޮތް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ކުޑަހުވަދޫގެ ބަނދަރުގެ ދަތިކަން ފާހަގަ ކުރައްވައި، ރައްޔިތުން ބަނދަރު މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގޮތްތައް ތަފުސީލީ ގޮތެއްގައި ހިއްސާ ކުރައްވާފަ އެވެ. އަދި ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ، ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދެއްވުމަށާއި، ވީހާވެސް އަވަހަކަށް މަސް ފެކްޓްރީއެއް ޤާއިމުކޮށްދެއްވުމަށާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، އަދި ރަށުން ލިބޭ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ބުންޏެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކުޑަހުވަދޫއިން ކުރިން ދެމުންދިޔަ އައިޑީ ކާޑު ހިދުމަތް އަލުން ރަށުން ލިބޭނެ ގޮތް ހައްދަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން އަދި ސަރުކާރު މުވައްސަސާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: