ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024: މިއަހަރުގެ ގޭމިންގ އީދުގެ ފެށުން

2024 ގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް އިފްތިތާހު ކޮށްފިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިންގ ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. މުޅި އަހަރަށް ބަހާލައިގެން ބޭއްވޭ އީ.އޭ.އެފް.ސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލް ޕްރައިޒް ޕޫލްއަކީ 700،000 ރުފިޔާ އެވެ.

މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަރ ސްކޫލް، އިންޓަރ ޔުނިވާރސިޓީ/ކޮލެޖު، އިންޓަރ އޮފިސް، އިންޓަރ ރިސޯޓު މުބާރާތްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަަސްވާޑު) ވިދާޅުވީ އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއްކަމަށެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ދަނީ ފަހިކޮށްދެމުންދާއިރު ޒުވާނުންނަށް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށް ވެސް ޔަގީންވާނެ ކަމަކީ އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަގަޅު މުބާރާތްތަކެއްކަން އެނގޭ އެއް ސަބަބުކަމަށް ވިދާޅުވިއެެވެ.

މީގެއިތުރުން އުރީދޫގެ ސީއީއޯ، އަދި މެނޭޖިން ޑިރެކްޓަރ ހާލިދު އަލް ހަމާދޫ ވިދާޅުވީ އުރީދޫ އަބަދުވެސް މަސައްކަތް ކުރަނ އީޖާއީ އަދި ކަސްޓަމަރުންނާއި ގުޅިގެން ކުރެވޭ ކަންކަން އިތުރު ކުރުމަށް ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024 މި ލޯންޗު ކުރެވުނީ ދިވެހިރާއްޖޭގައި ގޭމު ކުޅުމަށް ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް. އުރީދޫއިން އަބަދުވެސް ބަލަމުން މިދަނީ އީޖާދީ އަދި ކަސްމަރުންނާއި ގުޅުގެން ކުރެވޭ ކަންތައްތައް އިތުރުކުރުމަށް. މިއަހަރު އަޅުގަނޑުމެން މި މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމަށްވެސް މަސައްކަތް މިދަނީ ކުރަމުން

ޚާލިދު އަލް ހަމާދީ، އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާރކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު “އަލްޓިމޭޓް ޕްލޭޔަރ” ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެއެވެ. “އަލްޓިމޭޓް ޕްލޭޔަރ” އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: