ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދުގެ މައްސަލަ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެންނަނީ!

ހޯމް މިނިސްޓަރު އަލީ އިހުސާން ---
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ނޭނގި އަހަރުތަކެއް ވަންދެން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރުމަކީ ދެވޭ އަނިޔާއެއްކަމަށާއި، ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން ކުރަމުން ގެންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެކަމަކު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ނުގެންދެވޭއިރު، ގާނޫނުގައި ބުނާ ގޮތަށް ބަންދު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް ގާނޫނުގައި ބުނެފައި ނެތެވެ. އެހެންވެ ވާނުވާ ބަންދު ރިވިއުގެ މައްސަލައެއް ދެގޮތަކަށް ހައިކޯޓުގައި ނިމި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ.

ވާނުވާ ބަންދުގައި ނުވަތަ ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގި ޖަލުގައި ތިބި މީހުންގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަކީ ސަރުކާރުތަކުގެ ރިޔާސީ ވައުދެކެވެ. އެކަމަށް ހާއްސަކޮށް އެކި ބައްދަލުވުންތައް ބާއްވައި، ގާނޫނީ ހައްލުތަކާއި މެދު މަޝްވަރާކޮށް އަމަލީ ސިފަ ގެނައުމުގެ ވާހަކަ ދެކެވުނު ނަމަވެސް މިވަގުތާއި ހަމައަށް އެކަނި ވެސް ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދު 300 އިން މައްޗަށް އަރަ އެވެ.

ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ކޯޓުގައި މަޑުޖެހިފައިވާއިރު، ޝަރީއަތްތައް މަޑުޖެހި ބަންދުގައި ތިބި ބައެއް މީހުންނަކީ ކުށް ސާބިތުވާ ހާލަތެއްގައި ބަންދުގައި މާ ގިނަ ދުވަސް ހޭދަކޮށްފައި ތިބޭނެ މީހުންނެވެ.

މި މައްސަލައިގައި އެކި ކަންބޮޑުވުންތައް އޮތް އިރު، މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދަށް ނިމުމެއް ގެންނަވާނެ ކަމަށެވެ.

ހޯމް ސެކްޓާގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު މިނިސްޓަރ ވިދާޅުވީ ވާނުވާ ބަންދުގައި ތިބި ހުރިހާ މީހުންގެ މައްސަލަތައް ބަލައި ރިވިއު ކުރުމަށް ފަހު އޭގެ ތެރެއިން އެއްވެސް މީހަކަށް ލުޔެއް ދެވިދާނެތޯ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވާނުވާ ބަންދުތަކުގައި އާންމު ގޮތެއްގައި ތިބެނީ ބޮޑެތި ކުށްތަކުގައި ހައްޔަރު ކުރާ މީހުންނެވެ. އޭގެ ތެރޭގައި މާރާމާރީގެ ސީރިއަސް މައްސަލަތަކާއި، މީހަކު މަރާލުމުގެ ކުށުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ހިމެނެ އެވެ.

ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ރައީސް މުއިއްޒު ވެސް ގަބޫލު ކުރައްވާ ގޮތުގައި ހުކުމަކާއި ނުލައި އެހާ ދިގު މުއްދަތެއް ބަންދުގައި ތިބުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. މިކަމަށް ހައްލެއް ހޯއްދަވާނެކަމަށާއި، މިހާރު ވެސް އެޓާނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން ބެއިލްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ގާނޫނުލްޣުގޫބާތަށް ގެނަން ޖެހޭ އިސްލާހުތައް ހުރުމާއި އެކު އެ މައްސައްކަތް ވެސް ކުރަމުން ދާކަމަށެވެ.

އަޅުގަނޑު ހަމަ ތަކުރުކޮށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮވެގެން.. އަވަހަށް ހައްލެއް ހޯއްދެވުމަށް ބޭނުންފުޅުވެގެން، ސަރުކާރުގެ ހުރިހާ ދިމާލެއް ވެސް ގުޅިގެން މަސައްކަތްތައް އެބަ ކުރިޔަށްދޭ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން.. ރައީސް ގަބޫލު ކުރައްވާ ގޮތުގައި، އަދި އަޅުގަނޑު ވެސް ޕާސަނަލީ ގަބޫލު ކުރާ ގޮތުގައި ހުކުމެއް ނެތި، ޖަލުގައި ތިބުން އެއީ އެންމެ އެދެވޭ ގޮތެއް ނޫން.. އަޅުގަނޑުމެން އެކަމަށް އެންމެ އަވަސް ހައްލެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން.. އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ބެއިލްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއްގެ މަސައްކަތް ކުރަމުން އެބަގެންދޭ.. ހައެއާއި އެކު ޖިނާއީ އިޖުރާއަތާއި، ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ވާނުވާގެ ގިނަ ދުވަސް ވަންދެން ބަންދުގައި ނުތިބެވޭ ގޮތަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އެބަދޭ..

މިފަދަ މައްސަލަތަކުގެ އަސްލަކީ ކޯޓުގައި އެ ޝަރީއަތެއް ތާށިވުންކަމަށްވާއިރު އޭގެ ސަބަބަކަށް ވެފައި އޮތީ ކޯޓުގެ ޖާގައިގެ ދަތިކަންކަމަށްވުމާއި އެކު ސަރުކާރުން މިހާރު ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ލުއިދޭއިރު ބަންދުގައި ތިބި މީހުންނަކީ އެއީ ކޮން ކަހަލަ ކުށެއްގައި ތިބި ބައެއްތޯ ބަލާނެ ކަމަށެވެ. އަދި ބަންދުގައި ތިބި ގިނަ މީހުން، ޝަރީއަތް ނިމެންދެން ޖަލުގައި ތިބީ މުޖްތަމައުއަށް ދޫކުރާ ހާލަތެއްގައި އެ މީހުންގެ ފަރާތުން ނުރައްކަލެއް ލިބިދާނެކަމަށް ބަލައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން ބަންދު ރިވިއު ކުރާނީ އެފަދަ މައްސަލައެއް ދިމާ ނުވާނެ ގޮތެއް ބެލުމަށް ފަހުކަމަށް އިހުސާން ވިދާޅުވި އެވެ.

ވާނުވާ ބަންދުގެ މައްސަލައިގައި، ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެންމެހައި މަދަނީ ޙައްޤުތައް ލިބިދޭކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. ކަމާގުޅޭ ކަންކަން ވިލަރެސްކުރުމަށްޓަކައި އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ފަދައިން ”އޮފީސް ފޮރ ސިވިލް ރައިޓްސް“ ގެ ނަމުގައި ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ވޭތުވެދިޔަ އަހަރުގެ ނޮވެންބަރު މަހު ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: