ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދ. އަތޮޅުގެ ތަރައްގީއާއި ގުޅޭގޮތުން ކައުންސިލްގެ ހުރި ޝަކުވާތައް ހައްލު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލު ކުރައްވައި މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހުގެ ހަވީރު ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ ރަށްތަކަށް އާމްދަނީ ހޯދުމަށް ބޭނުންވާކަމަށާއި، މާލެއަށް ނުގޮސް އަތޮޅު ތެރެއިން ޕާސްޕޯޓް އަދި އައިޑީ ކާޑު ނެގޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، މަސް ފެކްޓްރީގެ ކަންކަން އަވަހަށް ނިމުމަށް ކައުންސިލުން އެދުނެވެ.

މީގެ އިތުރުންވެސް އަތޮޅުގައި ހުރި ފަޅުރަށްތަކަށް އިންވެސްޓަރުން ގެނެސް އެރަށްތަކުން ނަފާވެރިކަން އަތޮޅުގެ ކައުންސިލްތަކަށް ލިބޭނެ މަގު ތަނަވަސްވެގެން ދިއުން އެދޭކަމަށާއި، މުޅި އަތޮޅުގެ ކުނި މެނޭޖުކުރުމަށް ރަނގަޅު ގޮތެއް ބޭނުންވާކަމަށާއި، އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުވުމަށް އެދޭކަމަށާއި، އަދި އަތޮޅުގެ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދަޢުލަތުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: