ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ތަންފީޒުކުރައްވާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ތަންފީޒު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުމިހެން ވިދާޅުވީ މުލަކަތޮޅު މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން އެރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރުމަތިކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށާއި އަދި މިހާރުން މިހާރަށް އެތަނުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި މަސައްކަތްތައް ވެސް ކުރިޔަށް ގެންދަވާނެކަމަށެވެ.

ހަމައެހެންމެ، ބަނދަރު އިތުރަށް ބޮޑުކޮށް 1400 ފޫޓު ދިގުމިން ހުންނަ ވަރަށް ބަދަލުކޮށްދެއްވާނެކަމަށާއި، އެރަށުގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސްޕީޑު އަވަސްކޮށް ނިންމައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް ކުރަން ވަޢުދުވެފައިވާ ކަންކަމާ އަދި ކައުންސިލުން ފާހަގަކުރައްވާ ކަންކަމާއެކު ތަރައްޤީގެ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ތަންފީޒުކުރައްވަންކަމަށެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާއި ބައްދަލުކުރައްވައި ކައުންސިލުތަކުން ބޭނުންވާ ގޮތްތައް އޮޅުންފިލުއްވަވަނީވެސް ކައުންސިލުތަކުގެ ބައިވެރިވުން އިތުރުކޮށް ކައުންސިލުތައް ބާރުވެރިކުރުވުމުުގެ ބޭނުމުގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް، ހުރިހާ ރައްޔިތުންނާއި ބައްދަލު ކުރާނަން.

ރައީސް ވިދާޅުވިއެވެ.

ރައީސް، މުލަކަތޮޅު އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ތަރައްޤީކޮށްދެއްވައި، ޕިކްނިކް އައިލެންޑެއް އަތޮޅުގައި ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އޭޓީއެމްގެ ޚިދުމަތް އަތޮޅުގެ އާބާދީ ބޮޑު ރަށްރަށުން ލިބުމަށް އެދޭކަމަށާއި، މާލެ ދަތުރުކުރެވޭނެ ރަނގަޅު ލުއިފަސޭހަ ގޮތެއް އެދޭކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުގައި ހަދަން ފަށާފައިވާ ރިސޯޓްތައް އަވަހަށް ނިންމަވައިދެއްވުމަށާ، މަސް ބަނދަރުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: