ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ބަޖެޓު އެހެން އަހަރުތަކަށްވުރެ އެތައް ގުނައެއް ބޮޑު: އެގްރިކަލްޗަރ މިނިސްޓްރީ

އެގްރިކަލްޗާ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ދާއިރާ އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމުގެ ގޮތުން ކުރެވުން މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓަށް 45 މިލިއަން ރުފިޔާ އިތުރުކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މަރްޔަމް ވިޝާމާ އަހްމަދު ވިދާޅުވެއްޖެއެވެ.

އެގްރިކަލްޗާ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މުއައްސަސާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ސްޓޭޓް މިނިސްޓަރު ވިޝާމާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ ރާއްޖޭގައި ދަނޑުވެރިކަމާއި ދިރޭތަކެތީގެ ދާއިރާ އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.

އެގޮތުން ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އިތުރުކޮށް ތަރައްގީތައް ގެނަައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ފާހަގަވި ކަންކަމުގެ އަލީގައި ބަޖެޓު ރިކުއަޔަރމެންޓެއް ހަދާފައިވާކަމަށާއި އެކަން މެދުވެރިކޮށް 2024 ވަނަ އަހަރުގެ ބަޖެޓަށް 45 މިލިއަން ރުފިޔާ އިތުރުކުރެވިފައިވާކަން ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި އަހަރު ދަނޑުވެރިކަމުގެ ދާއިރާގެ ތަރައްގީއަށް އެކުލަވާލާފައިވާ ބަޖެޓަކީ މީގެ ކުރިން ދިވެހިރާއްޖޭގައި ދާއިރާގެ ތަރައްގީއަށާއި މަޝްރޫޢުތައް ހިންގުމަށް އެކުލަވާލެވިފައިވާ ބަޖެޓުތަކާއި އަޅާ ބަލާއިރު އެތައް ގުނައެއް ބޮޑު ބަޖެޓެއްކަމަށެވެ.

ވިޝާމާ ވިދާޅުވީ، ހަފްތާ 14ގެ ތެރޭގައި ކުރެވިފައިވާ އިތުރު މުހިންމު ކަންކަމުގެ ތެރެއިން ވާޓިކަލް ފާމިންގް ޕްރޮޖެކްޓަކީ ފާހަކޮށްލުން މުހިންމު ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެ މަސައްކަތްތައް ފަަށާފައިކަމަށާއި މިހާރު ކުރަމުންދަނީ ދިރާސާކުރުމުގެ މަސައްކަތްތައްކަމަށް ހިއްސާކުރެއްްވިއެވެ.

އޭނާ ވިދާޅުވީ، ވާޓިކަލް ފާމިންގްއަކީ ރާއްޖެފަދަ ބިންކުޑަ ގައުމެއްގައި ދަނޑުވެރިކަން ކުރެވޭ މިންގަނޑުތައް އިތުރުކޮށް ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޒަމާނާއި ގުޅޭ އެންމެ އެކަށީގެންވާ އެއް މޮޑެލްކަމަށެވެ. އަދި އެ މޮޑެލްގެ މަސައްކަތްތައް ކުރަމުންދަނީ ހަނިމާދޫ އެގްރިކަލް ސެންޓަރުގައިކަމަށާއި ތިންވަތަރެއްގެ ހައިޑްރޯޕޯނިކް ސެޓަޕެއް ގާއިމުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: