ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިކަމަކީ އިގްތިސާދީ ބިންގަލެއްގެ ގޮތުގައި ތަރައްގީކުރުމަކީ އަމާޒެއް: މިނިސްޓްރީ

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމަކީ އިގްތިސާދީ ބިންގަލެއްގެ ގޮތުގައި ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިފަދައިން ބުނީ ހަފްތާ 14 ގެ މެނިފެސްޓޯގެ ތެރޭގައި މިނިސްޓްރީއަށް ހާއްސަކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ފާއިޒް ވިދާޅުވީ ދަނޑުވެރިކަން އިގްތިސާދީ ބިންގަލަށް ހެދުމަށް ޒުވާނުން އެ ދާއިރާއަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ޒުވާނުން މި ދާއިރާއަށް އަހުލުވެރި ކުރުވުމަށް ވާޓިކަލް ފާމިން ފަށާނެކަމަށާއި، އަދި އެކަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެކަމަށް ބުންޏެވެ. ވާޓިކަލް ފާމިން އަކީ ރާއްޖެ ފަދަ ބިން ކުޑަ ގައުމެއްގައި ކުރުމަށް ރަނގަޅު ކަމެއްގެ ގޮތުގައި ފާއިޒް ފާހަގަކުރެއްވިއެވެ.

ދިވެހިން ކުރާ ގޮތަށް ދަނޑުވެރިކަން ކޮށްގެން ޒުވާނުން މި ދާއިރާއަށް ގެނެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ފާހަގަކޮށް ފާއިޒް ވިދާޅުވީ، ޒަމާނީ ދަނޑުވެރިކަމުގެ އެންމެ މުހިންމު އެއް ބޭނުމަކީ މިއީކަމަށެވެ.

ހަފްތާގައި ކުރެވުނު މަސައްކަތްތަކުގައި މިކަމަށް ބޭނުންވާ ބިންގާ އެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަފްތާ 14 ގެ ތެރޭގައި ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެވިފައިވާކަމަށްވެސް ވިދާޅުވިއެވެ. އޭގެ އަލީގައި މިއަހަރުގެ ބަޖެޓަށް ރުފިޔާ އިތުރުކޮށްފައިވާކަމާއި، ކުރީ އަހަރާ އަޅާބަލާއިރު، މިއީ ދަނޑުވެރިކަމަށް ބޮޑު ބަޖެޓެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: