ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭ މޯލްގެ ފުރަތަމަ ފްލޯ ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި އެކު ހުޅުވައިފި

ހުޅުމާލޭގައި އެސްޖޭ މޯލްގައި، ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ސާމާނު ލިބޭތަނެއް ހުޅުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހިންގާ އެސްޖޭ މޯލްގެ ފުރަތަމަ ފަންގިފިލާ އިލެކްޓްރޯނިކްސް އާއި ހޯމް އެޕްލައިންސްގެ ސާމާނުތަކާއި އެކު ހުޅުވައިފި އެވެ.

ރޯދަ މަހާއި ދިމާކޮށް، އެސްޖޭ މޯލްގެ ފިހާރަ ހުޅުވިއިރު 20 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެ އެވެ.

“ސަންގު” އަށް މައުލޫމާތު ދެމުން އެސްޖޭއިން ބުނެފައި ވަނީ، ކަސްޓަމަރުންނަށް ވީހާވެސް އަގުހެޔޮ އަދި ކޮލިޓީ ސާމާނު ފޯރުކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ރޯދައާއި ދިމާކޮށް ހުޅުވި، އާ ފްލޯއާއި އެކު ހެޔޮ އަގުގައި ބޭނުންވާ ސާމާނުތައް އެއްތަނަކުން ލިބިގެންދާނެކަމަށް ބުންޏެވެ.

އެސްޖޭގެ ފިހާރައިން ލިބެން ހުރި ސާމާނުތަކުގެ ތެރޭގައި، ބަދިގެއަށް ބޭނުންވާނެ ގިނަ ތަކެތި ހިމެނެ އެވެ. އެގޮތުން މިކްސާ، ހޭންޑް ބްލެންޑަރ، ކޭކް ހޭންޑް މިކްސާރ، އެއާފްރައިއާރ، ކޮފީ ގްރިންޑާރ، އަދި ޕްރެޝަރ ކުކާގެ އިތުރުން ރައިސް ކުކާ އަދި ސްޓޭންޑް ބްލެންޑާރ ހިމެނެ އެވެ.

މީގެއިތުރުން ތެލި، ސަމްސާ، އަދި ތަށި ސެޓުތައް ހިމެނެ އެވެ. އަދި ސްޓީމާއާއި، ހެންޑެލްޑް ސްޓީމާ އަދި ޕޯޓަބަލް ގޭސް ސްޓޯވް ހެޔޮ އަގެއްގައި ލިބެން ހުރިކަން ފާހަގަކުރެވެ އެވެ.

ފިހާރައިން ޕޮޓް މެޓާއި، ކިޗެން ވެއާ ސެޓް އަދި އެކި ސައިޒްތަކުގެ ބާސްކެޓްތަކާއި ކޮންޓެއިނާ ލިބެން ހުންނާނެ އެވެ.

އެސްޖޭ މޯލް ހުންނަނީ ހުޅުމާލޭގެ، ބޯގަންވިލާ މަގުގަ އެވެ. އެސްޖޭ މޯލްގައި ކާބޯތަކެތީގެ ހުރިހާ ބާވަތްތަކާއި، ރީތިވާ ހުރިހާ ސާމާނެއް ވެސް ލިބެން ހުންނާނެ އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: