ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ އިހުލާސްތެރިކަމެއް ނެތްކަމަށް ބުނެ، ޔާމީންގެ ފާޑުކިއުން!

ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ސިޔާސީ ހަރަކާތެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީ ލިމިޓްކޮށްދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި މިދިޔަ ސަރުކާރުން އަމަލުކޮށްފައި ވަނީ ރަށް ޒިންމާދާރުކަން ކުޑަގޮތަކަށްކަމަށްކަމަށްވެފައި އެ މައްސަލަ އިސްތިއުނާފުކޮށް ކަނޑު އަނބުރާ ލިބިދާނެކަމާއި މެދު ބަންޑާރަ ނައިބުގެ އޮފީހުން ސުވާލު އުފައްދާތީ އެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި އިޓްލޮސް ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި ރިޕޯޓެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލު ކުރި އެވެ. އެކްސްޕާޓުންގެ ރިޕޯޓަށް ފަހު ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީމައްސަލައިގައި އޭޖީ އޮފީހުން ބުނީ ރާއްޖެއަށް ނެގެން ހުރި މުހިންމު ދިފާއުތައް ނަގާފައި ނުވާތީ އެކަމުގެ ސަބަބުން އިގްތިސާދީ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދަން ކުރާ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

ވެރިކަމަށް އައުމަށް ރައީސް މުއިއްޒު މައިގަނޑު ހަތަރުކަމެއްގެ މައްޗަށް ވައުދުވިއިރު، އޭގެ ތެރޭގައި ގެއްލުނު ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުން ހިމެނޭހެން ފާހަގަކުރައްވައި ފްރަންޓް އޮފީސްގައި އޮތް ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ މި މައްސަލައިގައި ސަރުކާރުގެ ރާގު މިހާރު ބަދަލުވެފައިވާ ކަމަށެވެ. ރާއްޖެ – މޮރިޝަސް ކަނޑުގެ ފުށު އަރާ ސަރަހައްދު އިޓްލޮސްގައި ނިމިގެން ދިޔައީ އެންމެ ރަނގަޅަށްކަމަށް ގަބޫލު ނުކުރެވޭތީ، އެ ނިންމުން އިސްތިއުނާފު ކުރާނެކަމަށް ތަކުރާރުކޮށް ވައުދުވުމަށް ފަހު ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ އެކަމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.

ކުރީގެ ސަރުކާރުން މައްސަލައިގައި އަމަލު ކުރި ގޮތުން، އެ ނިންމުން އިސްތިއުނާފުކޮށް ކަނޑު އަލުން އަނބުރާ ހޯދުން ދަތިވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ އެއީ ފަސޭހަ މަސައްކަތެއް ނޫންކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުން އެކަމުގެ ހައްގުގައި ނިކުންނަން ޖެހޭނެ ކަމަށެވެ.

ވައުދެއް ނުފުއްދިދާނެކަމަށް ބުނެ ވާހަކަ ދެއްކުން އެއީ ސަރުކާރަކަށް ހެދޭނެ އެންމެ ބޮޑު ގޯސްކަމަށާއި، ރައްޔިތުންނަށް ނާއުންމީދުވާ ގޮތަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 ވަޒީރު މިހާރު މި ވިދާޅުވަނީ، ކުރީގެ ސަރުކާރުން އަމަލު ކުރި ގޮތުން ވަރަށް ދަތިކަމަށް ވެގެންނޭ މިއުޅެނީ.. ޝައްކެއް ވެސް ނެތް، ފަސޭހަކަމެއް ނޫން އެއީ.. ފަސޭހަކަމެއް ނޫން މިހުންނަނީ.. ވަރިކުރިފުޅު ދޫކޮށްލާފަ އޭނާ އެހެން މީހަކާ އިނީމާ، އޭނަ އަނބުރާ ހޯދުމަކީ އެއީ ފަސޭހަކަމަކަށް ނުވާނެ.. އެކަމަކު މިއީ ކުރުން ލާޒިމުކަމެއް.. އަޅުގަނޑުމެންގެ ސަރަހައްދުން ބައެއް ގެއްލގެން މިއުޅެނީ..

ސަރުކާރުގެ ރިޔާސީ ވައުދެއްގެ ގޮތުގައި، ގެއްލުނު ކަނޑު އަނބުރާ ހޯދުން ހިމެނި ނަމަވެސް މިވީ ދޮޅު މަހުގެ ތެރޭގައި އެކަށީގެންވާ އެއްވެސް މަސައްކަތެއް ކުރެވުނުކަމާއި މެދު ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ އެއްވެސް ލިއުމެއް ފޮނުވާފައިވާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތައް ލިބިގެންވާއިރު، ރައީސް ޔާމީން ވަނީ މިފަދަ މައްސަލައަކާއި ގުޅުވައި ރިޔާސީ ކޮމިޝަނެއް އުފެއްދޭނެކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މައްސަލައިގައި ކޮމިޓީއެއް އުފެއްދެވުމަށް ފަހު، ބަންޑާރަ ނައިބުގެ ދަށުން އެ މަސައްކަތް ކުރިޔަށް ގެންދަންވީ ސަބަބެއް ނުވިސްނޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މި މައްސަލައިގައި ރިޔާސީ ކޮމިޝަނެއް ނުއުފައްދާ.. މި މައްސަލައިގައި ރިޔާސީ ކޮމިޝަނެއް ނުއުފެއްދި.. މި މައްސަލަ މި ހިނގަނީ ބަންޑާރަ ނައިބުގެ ދަށުން ހިންގާ ކޮމިޓީއަކުން.. އެހެންވީމަ

އެހެންކަމުން މިއީ ރައީސް މުއިއްޒު އެއްވެސް މިންވަރަކަށް ކަނޑު އަނބުރާ ހޯއްދެވުމަށް އިހުލާސްތެރިކަމެއް އޮތް ނަމަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީސްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މި މައްސަލައިގައި އޭރު ބަންޑަރަ ނައިބުކަން ކުރެއްވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސަރަހައްދީ އިމުގެ މިން ކަނޑައެޅިފަިއވާއިރު، ރާއްޖޭގެ ދެކުނުން 200 ނޯޓިލަކް މޭލަށްވުރެ އެ ސަރަހައްދު ހަނިވާ ކޮންމެ ފޯރމިއުލާއެއް، ކޮންމެ ވާހަކައެއް އަދި ނިންމާ ކޮންމެ ގޮތަކީވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ވަރަށްވުރެ އުނިވާ އުނިވުމެއް ކަމަށެވެ. އަދި އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުން ގެއްލުންތަކެއް ލިބިގެންދާކަމަށާއި، ފައިދާއެއް ލިބިގެންދާކަމަށް ބެލެވެން ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހަފްތާ 14 ގެ މައުލޫމާތުތަކުގައިވާ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތުގެ ވައުދުގެ 80 އިންސައްތަ ވައުދު ވަނީ ފުއްދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: