ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ވައްޓާލަން އެމްޑީޕީ ކުރި މަސައްކަތުގައި އެހެން ބައެއްގެ ބައިވެރިވުން ހިމެނޭ: ޓޮމް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް --
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ބޭނުންވީ، 2024 ވަނަ އަހަރު ފެށުމުގެ ކުރިން މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަންކަމަށާއި އެ މަޝްވަރާތަކުގައި އިތުރު ބައެއްގެ ބައިވެރިވުން ހިމެނޭކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން މަސް ވެގެން ދިޔައިރު، މިދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނީ މަޖިލިސް ތެރެއިންނެވެ. އެގޮތުން އަޒުލު ކުރުމުގެ ބިރު ދެއްކުމާއި، އަދި ތަފާތު އެކި ތުހުމަތުތަކާއި އެކު މަޖިލީހަށް ހުށަހެޅި އެކި ގަރާރުތަކާއި ބިލުތަކުގެ އިތުރުން މަޖިލިސް ގަވައިދަށް ގެނައި ބަދަލު އޭގެ ތެރޭގައި ހިމެނެ އެވެ.

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައިވާއިރު، މިއީ ސަރުކާރަށް ކުރާ ޖެއްސުމެއްކަމަށް ރައީސް މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ ދާއިރާ ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ އޮތް ޖަލްސާގައި ތޯރިގް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު އުފެދި މިވީ ތިން މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ދުވަސްތައް ހޭދަކުރަން ޖެހުނީ ވަރަށް ނާޒުކު ގޮތަކަށް ކަމަށެވެ. އެމްޑީޕީއަށް ލިބިފައި އޮތް މަޖިލީހުގެ ބޮޑު މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި، ޖެއްސުންކޮށް އުނދަގޫ ކުރުމަށް އެތައް ފަހަރަކު މަސައްކަތް ކުރިކަން ފާހަގަކުރައްވައި ތޯރިގް ވިދާޅުވީ އެކަމުގެ ފަހަތުގައި އެހެން ބަޔަކު ވެސް ތިބި ކަމަށެވެ. އެކަމަކު އޭގެ ތަފްސީލަށް ދާން ބޭނުން ނުވާކަމަށާއި، ސަރުކާރު ގުޑުވާލައި ވައްޓާލުމަށް އެމްޑީޕީގެ ތެރޭގައި މަޝްވަރާތައް ފެށުނީ ނޮވެމްބަރު މަހުގެ ފަހުކޮޅުކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސް، ޖުމްލަ މެމްބަރުން ގުނުމުގައި 80 އަށް ބަދަލު ކުރުން ހިމެނޭކަމަށް ތޯރިގް ވިދާޅުވި އެވެ. މިހުރިހާ މަސައްކަތެއް ފަށައި މަހެއް ނުވަނީސް، ހުރިހާކަމެއް ކުރިޔަށް ގެންދިޔައީ ބާރު ސްޕީޑެއްގައިކަމަށާއި އެމްޑީޕީން ބޭނުންވީ ސަރުކާރު މަޖިލިސް ތެރެއިން ވައްޓާލަންކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އެމްޑީޕީ ބޭނުންވީ، އަހަރު ފެށުމުގެ ކުރިން ސަރުކާރު ވައްޓާލަންކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް ނާކާމިޔާބު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށެވެ. ސަރުކާރު ރަނގަޅު ގޮތުގައި ހިންގައި، ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލީހަށް ސަރުކާރު ކެންޑިޑޭޓު ހޮވައިދޭން ތޯރިގް އެދިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިފަހަރު އަޅުގަނޑުމެންނަށް ނުލިބެއްޖެކަމަށް ވަނީނަމަ ވެދާނެ ގޮތްތައް… އަޅުގަނޑުމެންގެ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެއޮތީ ސާފުކޮށް ފެންނަން…

ސަރުކާރަށް އެމްޑީޕީން ކުރަމުން ގެންދާ އުނދަގޫތައް އިތުރަށް ފާހަގަކުރައްވައި ތޯރިގް ވިދާޅުވީ އެތައް ދުވަހެއް ވަންދެން މަޖިލީހުގައި ކެބިނެޓު ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓިކަމަށެވެ. މިއީ ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން ފުރަތަމަ ކެބިނެޓަށް ރުހުން ނުދީ ޖެއްސުން ކުރި ފުރަތަމަ ފަހަރުކަމަށް އޭނާ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
32%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 68%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: