ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް ވަކިގޮތަކަށް އަމަލު ކުރަން އަންގައި، ގާނޫނީ ބާރު ކަނޑުވާލުމުގެ ނިޔަތެއް ނެތް: އެލްޖީއޭ

ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރުން އަނގަމަތީގައި ޓޭޕު އަޅައިގެން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންކުރެއްވި ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުރުމަށް އަންގާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ބާރުކަނޑުވާލުމުގެ ނިޔަތުގައި ނޫންކަމަށް ލޯކަލްސް ގަވަމެންޓް އޮތޯރިޓީ (އެލްޖޭއޭ) ގެ ސީއީއޯ މަރްޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބު ގާތްވެފައި ވަނިކޮށް ރައީސް މުއިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރައްވަމުން ގެންދަވަނީ، ރަސްމީ ގޮތުން ދައުލަތުގެ ވަޒީރުންނާއި އެކު އެވެ. ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި އިންތިހާބު ކާމިޔާބުކޮށް ދޭން މަސައްކަތް ކުރުމަށް ކޮންމެ ޖަލްސާއެއްގައި ވެސް ރައީސް އެދިވަޑައިގަންނަވާއިރު، މިދިޔަ ތިން މަހުގެ ތެރޭގައި އެމްޑީޕީން ސަރުކާރަށް ޖެއްސުންކޮށް އުނދަގޫތައް ކުރިމަތި ކުރުވިކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ޕަޕެޓުންތަކެއް މަޖިލީހުގައި ތިބޭކަމަށް ކެނދިކުޅުދޫ ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނިކޮށް، އެ ރަށުގެ ކައުންސިލުން އާންމު ކުރި  ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަކީ ރަސްމީ ދަތުރެއްކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސި ކަމަށެވެ. އެކަމަކު ރަސްމީ ޖަލްސާގެ ވަކި ހިސާބަކުން ރައީސާއި އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންގެ ވާހަކައިގެ މިސްރާބު ބަދަލުވީ ސިޔާސީ ޕޯޑިއަމަކަށްކަމަށާއި ރައީސް ނިސްބަތްވާ ޕާޓީއަކުން މަޖިލިސް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދުމަށް ކެމްޕެއިން ކުރެއްވިކަމަށް ބަޔާނުގައި ވެއެވެ. މި ބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އޭގެ ޖެހިގެން އައި ދުވަހު އެންގުމާއި އެކު، މައްސަލަ ހޫނުވެ މީޑިއާތަކުގެ ސަމާލުކަމަށް އައެވެ.

ސަރުކާރުގެ ހަފްތާ 14 ގެ ސިޔާސަތުގެ ދަށުން މިހާތަނަށް މިނިސްޓްރީއަށް ހޯދުނު ކާމިޔާބީތަކުގެ މައުލޫމާތުތައް ދިނުމަށް ބޭއްވި ޕްރެސް ބައްދަލުވުމުގައި ނޫސްވެރިން ސުވާލު ކުރީ ކެންދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެންގި މައްސަލައާ ގުޅޭގޮތުންނެވެ. ބަޔާން އަނބުރާ އެލްޖީއޭއަށް އެންގިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވިދާޅުވެފައި ވަނިކޮށް ޒުލްފާ ވަނީ އެ ލަފައާއި ދެކޮޅު މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

ބަންޑާރަ ނައިބުގެ ލަފައެއް އޮއްވައި ބަޔާން ބާތިލު ކުރަން އެންގީ ކީއްވެގެން ތޯ ނޫސްވެރިން ކުރި ސުވާލަށް ޒުލްފާ ވިދާޅުވީ އެ އިދާރާގެ ޒިންމާއަކީ އެ އެދޭކަމެއްގެ ތެރެއިން ގާނޫނީ ލަފައެއް ދިނުން ކަމަށެވެ. ޒުލްފާ ވިދާޅުވި ވާހަކައިން ދޭހަވާ ގޮތުން ނަމަ، އުޝާމް ދެމެދު މި މައްސަލައިގައި ފޯނުން ވެސް ވާހަކަ ދެކެވުނެވެ.

ބަޔާން ބާތިލު ކުރަން އެންގި ސަބަބެއްކަމަށް ޒުލްފާ ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ގެއްލޭފަދަ އިބާރާތްތަކެއް ހުރި ބަޔާނަކަށް ވާތީ އެވެ. އެހެންވެ ކައުންސިލުން ނެރުނު ބަޔާން ބާތިލުކޮށް، އެކަން އާންމުކޮށް އިއުލާނު ކުރަން އެންގީކަމަށް ޒުލްފާ ވިދާޅުވި އެވެ.

އެހެންވީމަ ނެރުވުނު ބަޔާނަކީ، އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރާގޮތުގައި ރާއްޖޭގެ ރައީސްގެ އަބުރުފުޅަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގައި ގަބޫލް ކުރެވޭތީ.. ކައުންސިލުން ހުރުމަތް ކުޑަނުވާގޮތަކަށް ބަޔާން ނެރުމަށް އަންގާފައި ވާނީ..

އެލްޖީއޭގެ އެންގުމަށް ގިނަ ފާޑުކިއުން އަމާޒުވެ، މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާތީ އެކަމުގެ ރައްދުގައި ޒުލްފާ ވިދާޅުވީ ބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެންގުމަކީ އެއީ ލާމަރުކަޒީ ގާނޫނަށް ހަނިކަމެއް ގެނައުމުގެ ނިޔަތުގައި ކުރިކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައިވަނީ ހަމައެކަނި ތައްގަނޑު ޖަހާފައިވާ އެ ބަޔާނުގައި އެއްވެސް މެމްބަރެއްގެ ސޮއި ނެތުމުން ބަޔާނުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް މަތި ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އެ އޮތޯރިޓީން އެންގީ ރައީސުލްޖުމްހޫރިއްޔާއާއި ގުޅޭގޮތުން ނެރުނު ބަޔާން ހޯމަ ދުވަހުގެ 14:00 ގެ ކުރިން އަނބުރާ ގެންދިއުމަށެވެ. އެހެން ނަމަވެސް މައާފަށް އެދި، ބަޔާން އަނބުރާ ގެންދިއުމަށް ދެކޮޅު ހަދައި އެ ދުވަހުގެ މެންދުރު ކައުންސިލުން އެލްޖީއޭއަށް ސިޓީއެއް ފޮނުވައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެއްދިފައިވާ ރަށު ކައުންސިލްތަކަކީ އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ސަރުކާރާއި ވަކިން އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ބާރު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސުތަކެއް ކަަމަށެވެ. އަދި ރަށު ކައުންސިލްތަކަކީ ނުވަތަ ޖުމްލަ ގޮތެއްގައި އެ ގާނޫނުގެ ދަށުން އުފެއްދިފައިވާ ލޯކަލް ކައުންސިލްތަކަކީ ފަށަލައެއްކަމަަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: