ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބަށް ރީ ރަޖިސްޓްރީ ކުރުމަށް ހަ ދުވަސް!

މީހެއްގެ އިނގިލީގައި ވޯޓްލީ ކަމުގެ ފާހަގަ ޖަހަނީ/ ފޮޓޯ: މި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ – ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހަ ދުވަހުގެ މުއްދަތަކަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

ރޯދަ މަހަށް އިންތިހާބު ދިމާވާތީ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު، މިހާރު ނިންމާފައި ވަނީ ވޯޓުލުން އޭޕްރިލް 21 ގައި ބޭއްވުމަށެވެ.

އިންތިހާބުގެ ތައްޔާރީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ ރެޖިސްޓްރީ ކުރުން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެހެންކަމުން އިންތިހާބުގައި ރީ ރެޖިސްޓްރީ ކުރާ ފާރާތްތަކުން ދުރާލައި އޮންލައިންކޮށް ފޯމުތައް ހުށަހެޅުމަށް ހަބީބް އެދިވަޑައިގަތެވެ.

ކުރިން ކޮމިޝަނުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސިވިލާތުގެ އިތުރުން ތައިލެންޑު ހިމެނެއެއެވެ. އެހެން ނަމަވެސް މިހާރު ނިންމާފައި ވަނީ މި ގައުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށެވެ. އެހެންވެ އަނެއްކާވެސް އީސީން ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ – ރެޖިސްޓްރީއަށް ހުޅުވާލާފަ އެވެ.

އީސީން ބުނީ އެ ކޮމިޝަނުން ދޭ މުއްދަތުގައި ރެޖިސްޓްރީ ނުކުރާނަމަ، ދެން އެ ފަރާތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ރީ ރެޖިސްޓްރީއަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކާއި، ސިނާއީ މަސައްކަތް ކުރާ ސަރަހައްދުތަކުގެ އިތުރުން ބޭރު ގައުމުތައް ކަމަށެވެ. އަދަދު ހަމަ ނުވުމުގެ ސަބަބުން ވޯޓު ފޮށި ބެހެއްޓެން ނެތް 17 ރިސޯޓެއްގެ ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: