ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން ރަމަޟާން މަހަށް ޚާއްސަކޮށް ފޭސް 2 އަށް ލޯކަލް މާރުކޭޓަކާއި، މަސް މާރުކޭޓެއް!

ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް 2ގެ ޑިންގީ ހާބަރު ސަރަހައްދުގައި ލޯކަލް މާރުކޭޓަކާއި، މަސްމާރުކޭޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް 2ގެ ޑިންގީ ހާބަރު ސަރަހައްދުގައި މަސްމާރުކޭޓެއް ހުޅުވައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ގިނަ މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން މިއަދު ހުޅުވި ދެ މާރުކޭޓަކީ އެޗްޑީސީން ބުނި ގޮތުގައި ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ ކޮށްގެން ހުޅުވި ތަނެކެވެ.

އެޗްޑީސީން ބުނީ މަސް މާރުކޭޓުގެ އިތުރުން ލޯކަލް މާރުކޭޓު ހުޅުވާފައި ވަނީ ހިޔާ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މާރުކޭޓު ގޮޅިތައް ވެސް މިހާރު ހަވާލުކޮށްފައިވާއިރު، ރޯދަ މަސް ނިމެން ދެން ތަނުން ހިދުމަތް ދޭނެކަމަށް އެޗްޑީސީން ބުންޏެވެ.

މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުމެވެ.

އެޗްޑީސީން ބުނެފައި ވަނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: