ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ރޯދަމަހު ވެސް އުރީދޫގެ ފަރާތުން ކަސްޓަމަރުންނަށް ހަދިޔާފޮށި!

އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮމޯޝަންތަކުގެ މައުލޫމާތުތައް ދެނީ/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނާއި ހަމައަށް ގިނަ ޕްރޮމޯޝަންތަކެއް ތައާރަފުކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އުރީދޫއިން ބުނެފައި ވަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ގިނަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ރޭވިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އުރީދޫއިން ތައާރަފު ކުރި ހަދިޔާ ފޮށިއަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ މި އަހަރު ވެސް ކަސްޓަމަރުންނަށް ހާއްސަކޮށް ހަދިޔާ ފޮށި ޕްރޮމޯޝަން ކުރިޔަށް ގެންދާނެ އެވެ. އުރީދޫ ސުޕަރއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެއެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.

ދެވަނަ ޕްރޮމޯޝަނަކީ 500 ރުފިޔާއިން މަތީ ޑޭޓާ ޕެކް ނެގުމުން 60 އިންސައްތައާއި އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާ ރޯދަ ހަދިޔާ އެވެ. އުރީދޫއިން ބުނީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފަރ ގައި ބައިވެވޭނެ ކަމަށެވެ.

އުރީދޫގެ އެޕް މެދުވެރިކޮށް މިހާރު ވެސް ޑޭޓާ ޕެކްތައް ހަދިޔާ ކުރެވޭއިރު، އުރީދޫއިން ބުނެފައި ވަނީ އިތުރު ބަދަލުތަކާއި އެކު އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެ ކަމަށެވެ.

މި ރޯދަ މަހު އުރީދޫއިން ބުނީ އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބިގެން ދާނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ގްރޭޓާރ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވޭނެއެވެ.

އުރީދޫގެ އިތުރު ޕްރޮމޯޝަންތަކުގެ ތެރޭގައި ދެން ހިމެނެނީ، އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭ ”އިފްތާރު ޕެކް ހަދިޔާ ކުރުން“ އެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަމާދު ވަގުތުގެ 15 މިނެޓު ކުރިން އެލާޓެއް ފޯނަށް ލިބޭ ހިދުމަތެއް ވެސް އުރީދޫއިން ވަނީ ތައާރަފުކޮށްފަ އެވެ. ޕްރޭޔާރ އެލާޓަށް އެއްވެސް އަގެއް ނުނަގާނެކަމަށް އުރީދޫއިން ބުންޏެވެ. އަދި އެމްފައިސާ މެދުވެރިކޮށް މި ރޯދަ މަހު ވެސް ފަސޭހަކަމާއި އެކު ފިތުރު ޒަކާތް ދެއްކޭނެ އެވެ.

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްގެ މިރޯދަމަހު ތައާރަފު މިކުރާ ސީ.އެސް.އާރު ޕްރޮގްރާމް ”އިސްރަށްވެހިންނާއި އެކު“، މި ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެންދާނެއެވެ. އަޅުގަނޑުމެންގެ ގައުމާއި، މުޖުތަމައު ކުރިއަރާފައި މިވަނީ އިސްރަށްވެހިންގެ މިންނަތް މަސައްކަތުންނެވެ. އަޅުގަނޑުމެން އެންމެންވެސް ދަންނަން ވާނެ ކަމަކީ، ގައުމުގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން، އަދި އެބޭފުޅުން ކުރެއްވި މަސައްކަތް ދެނެގަނެ،އުމުރުން ދުވަސްވި ދުވަހު އަޅާލާ، އެކި ކަންކަމުގައި އެބޭފުޅުން ބައިވެރިކުރުމަކީ ނުހަނު މުހިއްމުކަމެކެވެ.

މިރޯދަމަހުގެ ތެރޭގައި އިތުރަށް ކުރުމަށް ރާވާފައި ކަންތަކުގެ ތެރޭގައި:

އިސްރަށްވެހިންނާއިއެކު ރޯދަވީއްލުން: ޒުވާނުންނާއި އިސްރަށްވެހިންނާއިއެކު ރޯދަވިއަލާ ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަވީއްލުމެއް ބޭއްވޭނެއެވެ.

ރޯދަ ކުއިޒް: ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. މިއީ ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.

އަތޮޅު ދުވުން: ލީޑަރބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ހުށައަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: