ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ އެހީގެ ދަށުން ގުރައިދޫ މަރުކޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފި

ބީއެމްއެލްގެ އެހީގެ ދަށުން ގުރައިދޫ މަރުކޒުގައި ހިންގި ޕްރޮޖެކްޓް/ ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގެ ދަށުން ގުރައިދޫ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފި އެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން ވަނީ މި މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް އެތަނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކޮށް، ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ގާއިމްކޮށްފައެވެ.

މީޑިއާއަތަކަށް މައުލޫމާތު ދެމުން ބީއެމްއެލްއިން ބުނެފައި ވަނީ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރި ވަނީ ގާއިމްކޮށްފައެވެ. މިތަނުގެ މުވައްޒަފުންނާއި ބަލިމީހުންނަށް ބޭނުންކުރުމަށް ބޭންކުން ވަނީ ލައިބްރަރީ ކޯނަރއެއްވެސް ގާއިމްކޮށްފައެވެ.

މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރުވެސް ވަނީ ހަދިޔާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: