ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ ބިންގާ ނައިބު ރައީސް މުހައްމަދު ލަތީފް އަޅުއްވައިދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލެ، ފޭސް 1 ގަ އެވެ.

ހަ ފްލޯގެ އުސްމިނަކަށް އަޅާ މި އިމާރާތުގެ ޕްރޮޖެކްޓު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

މިއީ ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއަރ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ.

މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެއެވެ.

އަމަލީ މަސައްކަތް ދެ އަހަރުން ފަހުން ފެށުނު މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައި ވަނީ 138 މިލިއަން ރުފިޔާއަށް 2022 ވަނަ އަހަރު އެވެ. ސެންޓްރަލް ޕާކު ސަރަހައްދުގައި އަޅާ މި އިމާރާތުގެ ޖާގައަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދީފައި ވަނީ 17،000 އަކަފޫޓުގެ ބިމެކެވެ. އެ އަހަރުގެ ބަޖެޓުގައި މަޝްރޫއު ކުރިޔަށް ގެންދިއުމަށް 30 މިލިއަން ރުފިޔާ ވެސް ހިމެނި އެވެ.

އޭރު އެމްޓީސީސީ އެއްބަސްވުމުގައި ސޮއި ކުރީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: