ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫކޮށް ބެކްލޮގް އެއްކޮށް ކްލިއާކޮށްފި

ޤައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ އެއްކޮށް ދީ ބެކްލޮގް ކްލިއާކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ޖަމާ ކުރި ފައިސާ އަކީ ހުކުރު ދުވަހުގެ ނިޔަލަށް ބޭނި ހުރިހާ މަހަކަށް ދޭން ޖެހޭ ފައިސާކަމަށާއި އިތުރު ބެކްލޮގެއް ދެން ނޯންނާނެ ކަމަށެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާތައް ނުދެވި ހުރުމުގެ ސަބަބުން، މުޒާހަރާތަކެއް ފެށި ބޮޑެތި އިހުތިޖާޖުތަކެއް ވެސް ދިޔަ އެވެ. އޭރު ކޫއްޑޫގައި މުޒާހަރާ ކުރަމުން ދިޔަ މަސްވެރިންނާ ބައްދަލު ކުރައްވައި ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްވި ޔަގީންކަމަކީ މާޗު މަހުގެ ފުރަތަމަ ހަފްތާ ނިމުމުގެ ކުރިން ފައިސާ އެއްކޮށް ދީ ނިންމާނެ ކަމަށެވެ.

މި މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ ވެރިކަމާ ހަވާލުވިއިރު މިދިޔަ ވެރިކަމުގައި ވާރުތަވެ ނުދެވި ހުރި ފައިސާ ހިމެނޭހެން ހުރިހާ އަދަދެއް ވެސް ދޫކުރަން އައީ މަސައްކަތް ކުރަމުން ކަމަށެވެ. ވެރިކަމާ ހަވާލުވެ، މިދިޔަ ދޮޅުމަހެއްގެ ތެރޭގައި 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދިންއިރު ޖުމްލަ އަދަދަށް ބަލާއިރު ދޭން ޖެހޭ 310 މިލިއަން ރުފިޔާ ހުރިކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެހެންވެ ސަރުކާރުން މަސްވެރިންނަށް ވައުދުވީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ބެކްލޮގް އެއްކޮށް ކްލިއާ ކުރުމަށެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 157 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީއާއި، މިފްކޯ ވެސް ރޭ ހާމަކުރި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ހުކުރު ދުވަހުގެ ނިޔަލަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.

މިފްކޯއިން ބުނެފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވާތީ، ހުރިހާ އޮޑިވެރިންގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަށް ރޭގެ ނިޔަލަށް ފައިސާ ޖަމާވާނެ ކަމަށެވެ. އަދި އެހެން ބޭންކެއް ހުންނަ އޮޑިވެރިންނަށް އެންމެ ލަސްވެގެން މާދަމާ، އެކައުންޓަށް ފައިސާ ޖަމާވާނެކަމަށް ބުންޏެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: