ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ޖުމްލަ މެމްބަރުންނަކީ 87 ކަމަށް ބަލައިގަންނަން އުނދަގޫ: ބިގޭ

މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި ޖަލްސާ ކުރިޔަށް ގެންދިއުމުން އެކަން ބަލައިގަތުމަށް އުނދަގޫކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުން ރިޔާސަތުގެ ހުށަހެޅުމެއްގެ ގޮތުގައި، މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ހިމަނާފައިވާ މަޖިލިސް ގަވައިދަށް ގެނައި އިސްލާހުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާކަމަށާއި، އެކަމަކު މެމްބަރުން މައްސަލައިގައި ގޮތެއް ނިންމަން އެދޭ ކަމަށެވެ. އޭގެ ސަބަބަކީ އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދު ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ނުވާއިރު ކޯޓުން ގޮތެއް ނިންމީ އެހެން ގަވައިދަކަށް ވާތީ ކަމަށެވެ.

މައްސަލައިގައި ބަހުސަށް ހުޅުވާލުމުން ރަޝީދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 87 ކަމަށް ބަލައިގެން މިއަދުގެ ކޯރަމް ގުނާފައިވާކަމަށް ރިޔާސަތުން އިއުލާނު ކުރުމުން އެ ވާހަކަ އަޑުއަހަން އުނދަގޫވިކަމަށެވެ. ވުޖޫދުގައި އޮތް މާއްދާއެއް، ނެތް މާއްދާއެއްކަމަށް ބަލައި ޖަލްސާ ފެއްޓެވުމުގައި އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި، ގޯހީ ކޮން ގަވައިދެއްކަން ބުނެދީފައި ނުވާކަމަށެވެ. މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު މިހާރު އެ މާއްދާގައި އެފަދަ ވާހަކައެއް ނޯންނާކެމަށް ރަޝީދު ވިދާޅުވި އެވެ.

އެ ގަވައިދު މާއްދާއިން އުނި ކުރުމަށް ފަހު، 242 ވަނަ މާއްދާގެ ފަހަތަށް ހަމަ އެ ވާހަކަތައް ހުށަހަޅައި ތަޅުމުން ފާސްކުރީ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގައި މައްސަލައިގައި ކުރި ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި، މަޖިލީހުގެ ޖުމްލަ އަދަދުތައް ގުނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވަނީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށެވެ.

އެކަމަކު ޖުމްލަ މެމްބަރުން ގުނާގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވައިދުގެ މާއްދާތައް މަޖިލީހުން ބާތިލުކޮށްފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ގާނޫނީ ހައްލެއް ހޯދައިދެވެން އެ ކޯޓަށް ނެތްކަމަށް ހުކުމުގައި ވެއެވެ.

ރަޝީދު ވެސް އެ ނުކުތާ ނަންގަވައި ވިދާޅުވީ، ކޯޓުގެ ހުކުމުގައި ރިއާޔަތް ކުރަންވީ މާއްދާއެއް އެނގެން ނެތްކަމަށާއި، މިހާރު ވެސް ވުޖޫދުގައި އޮތް ގަވައިދު މާއްދާއެއް އެބައޮތް ކަމަށެވެ.

އެހެންވީމާ މިކަމާ ގުޅޭގޮތުން ކުއްލިއަކަށް.. އަޅުގަނޑުމެން ގޮތެއް ނިންމާކަށް ފަސޭހައެއް ވެސް ނޫން.. އަޅުގަނޑުމެން ޖެހޭނެ މިކަމާ ގުޅޭގޮތުން މަޝްވަރާ ވެސް ކުރަން.. މަޝްވަރާކޮށްފަ މިއީ ކުރެވިދާނެކަމެއް ތޯ ނުވަތަ ނޫން ތޯ ވެސް ވިސްނަން.. އަޅުގަނޑު ދެކޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ދެއްކެވި ވާހަކަތަކުގެ ސެހެރީބައިތަކަށް ބަލާއިރު ވަރަށް ދެއޮޅިއަށް ނުވާ ވާހަކަތައް ވެސް ހުރި..

ރަޝީދު ވިދާޅުވީ ހުކުމުގައި ގަބޫލު ނުކުރެވޭ ފަދަ ބައެއް ވާހަކަތައް ވެސް ހުރިކަމަށާއި އެގޮތުން ހަތް މެމްބަރުން ނެތުމަކުން ކޯރަމަށް އަސަރު ނުކުރާނެކަމަށް އޮތް އޮތުން އޭނާ ފާހަގަކުރި އެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ދެން އަމަލު ކުރާނެ ގޮތަކާ މެދު ރަޝީދު ސުވާލު އުފެއްދި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ހިމަނާފައިވާ މަޖިލިސް ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ މާއްދާތައް ގަވައިދުން ނަގައި އިތުރު ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލިސްގެ އާންމު ކޮމިޓީގެ ނިންމުން މަޖިލީހުން ފާސް ކުރީ ފެބްރުއަރީ 19 ގަ އެވެ.

މައްސަލަ ޖެހިފައި ވަނީ، ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތުގެ މައްޗަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ އެ މާއްދާތައް ބާތިލު ކުރުމަށެވެ. އަލުން ކޮމިޓީން ގެނައި ބަދަލަކީ، އެ މާއްދާތައް ގަވައިދުން އުނިކޮށް 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށެވެ. އެހެންކަމުން މެމްބަރުން މިއަދުގެ ޖަލްސާގައި ފާހަގަކުރީ، ފަހުން ގެނައި ބަދަލު ދެމި އޮންނާނެ ކަމަށެވެ.

މަޖިލީހުން ގަވައިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ނިންމާފައިވާ ގޮތަކީ، ”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ކުރިޔަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ހުސްވި ގޮނޑިއެއް ނުހިމެނޭނެ“ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: