ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް ސާފުނުވާކަމަށް ބުނާތީ ޖާބިރުގެ ފާޑުކިއުން އެމްޑީޕީއަށް: އެއްވެސް އިލްމެއް ނެތްބަޔަކަށް ހެދެން ރޯދަ މަހު ހެޔޮ ނުވާނެ!

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދާއި މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ވަނިކޮށް، އެ ހުކުމާ މެދު ހިތްހަމަނުޖެހޭތީ ބައެއް މެމްބަރުން އެއްވެސް އިލްމެއް ނެތްބައެއްކަމަށް ހެދި ބަހުސްތައް ކުރަމުން ދިއުމަކީ އެކަން އޮންނަން ޖެހޭ ގޮތެއް ނޫންކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެނައުމަށް ފާސްކޮށްފައިވާ ގޮތް ގޯސްކަމަށް ބުނެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ އެ އޮފީހާ އެއްކޮޅަށެވެ. ޖެނުއަރީ މަހުގެ 28 ގައި ހުށަހެޅި އެ މައްސަލައި ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ވަގުތީ އަމުރެއް ނެރެ، ގަވައިދަށް ގެނައި އިސްލާހަށް އަމަލު ކުރުން ވެސް ހުއްޓުވި އެވެ.

އޭރު ވެސް މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ފަހު، ރިޔާސަތުގައި ހުންނެވި މުހައްމަދު އަސްލަމް ހުށަހެޅުއްވީ އެ އަމުރާ މެދު ގޮތެއް ނިންމުމަށެވެ. މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓާއި، ފަނޑިޔާރުންނަށް އަމާޒުކުރި ފާޑުކިއުންތަކަށް ފަހު ފާސް ކުރީ އެ ނިންމުމަށް އަމަލު ނުކުރުމަށެވެ.

އޭގެ ފަހުން ކޯޓުގައި އަޑުއެހުންތައް ފެށުމަށް ތައްޔާރުވެ، ޗިޓު ފޮނުވުމާއި އެކު މަޖިލީހުން ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ މައްސަލައިގައި ފާހަގަކުރި ގަވައިދުގެ އަކުރުތައް އެ މާއްދާއިން ބާތިލު ކުރުމަށް ފަހު އެހެން ގަވައިދެއްގައި ހިމަނަން ފާސްކޮށްފަ އެވެ. އެ އޮފީހުން ހުށަހެޅީ މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، ތިން މާއްދާގައި މަޖިލީހުގެ ޖުމްލަ މެންބަރުން އިބާރާތްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާއި ހިލާފުކަމަށް ބުނެ އެ ބާތލު ކުރުމަށެވެ.

އެކަމަކު ހަމަ އެ ވާހަކަތައް، ގަވައިދުން ނަގައި ދެން ހިމެނީ 242 ވަނަ މާއްދާގަ އެވެ. އެކަމަށް ކޯޓުގެ ހުކުމުގައި ވަނީ ޖުމްލަ މެމްބަރުން ގުނާގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވައިދުގެ މާއްދާތައް މަޖިލީހުން ބާތިލުކޮށްފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ގާނޫނީ ހައްލެއް ހޯދައިދެވެން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ޖުމްލަ އަޣުލަބިއްޔަތު ގުނާނެ ގޮތަކާއި މެދު ސުޕްރީމް ކޯޓުގެ ހުކުމެއް އޮއްވައި އިތުރު ބަހުސަކަށް ދާން ޖެހޭ ސަބަބެއް ނެތްކަމަށް ޖާބިރު ވިދާޅުވި އެވެ. މައްސަލައިގައި ވަށައިގެން ހިނގާފައި ކަންތައް ފާހަގަކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް އައުމަކީ ޖެއްސުންކޮށް އުނދަގޫ ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މަޖިލީހުގެ ފްލޯގައި ތިބެން ޖެހެނީ 87 ކަމަށް ވަންޏާ.. 87 ބޭފުޅުންގެ ތެރެއިން، ބައެއް ބޭފުޅުން އެކިއެކި ސަބަބުތަކާއި ހުރެ އިސްތިއުފާ ދިނުމާއި، މަގާމުތަކަށް ދިއުމާއި… އަދި މަރުވެ ދިއުމާއި.. އެ ދޭތެރެއަކުން މަޖިލިސް ގޮނޑި ގުނާނީ ކިހިނެއް ތޯ.. ސުވާލު ވަރަށް ވެސް ސާފު.. 87 ކޭ އިންނާނީ.. މިއަދާއި ހަމައަށް ސުޕްރީމް ކޯޓުން ރަނގަޅު ހުކުމެއް ނުކުރޭ.. މިއީ އެކަނި ކުރި ހުކުމަކީ، ރަމަޟާން މުބާރަކް އެބޭފުޅުންނަށް..

ޖާބިރު ވިދާޅުވީ މެމްބަރުންގެ އަޣުލަބިއްޔަތު މައްސަލައިގައި ކޯޓުގެ ހުކުމްއައީ، އެ އަންނަން ޖެހޭ ގޮތަށް ކަމަށެވެ. އެކަމަކު މަޖިލީހުގައި ތިބި މުޖްތަމައުއަށް ލޯ ހުޅުވިފައި ތިބި، އިލްމީ ބޭފުޅުންތަކެއް އެއްވެސް ކަމެއް ނުދަންނަ ބައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކުމަކީ ކޮން ސަކަރާތެއްތޯ ޖާބިރު ސުވާލު އުފެއްދެވި އެވެ.

ކޯޓުގެ ހުކުމް ސާފުނުވާކަމަށާއި، އެއް ގަވައިދުގެ ބަދަލުގައި އަނެއް ގަވައިދު ދެމި އޮންނާނެކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވަމުން ގެންދަވާތީ ޖާބިރު އެކަމަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރި އެވެ. އެގޮތުން ޖާބިރު ވިދާޅުވީ ތިމާމެން ބޭނުން ނުވާގޮތަކަށް މައްސަލަ ނިމުމުން، އިލްމީ ގޮތުން އެއްވެސް ކަމެއް ނުދަންނަ ބައެއްކަމަށް ހެދި ވާހަކަ ދެއްކުމަކީ ހާއްސަކޮށް ރަމަޟާން މަހެއްގައި ހުއްދަވެގެން ވާނެވަރުގެ ކަމެއް ވެސް ނޫން ކަމަށެވެ.

އަދި ވަރަށް އިލްމީ ބޭފުޅުން.. ތަންދޮރު އޮޅުންފިލާފައި ތިބެ.. ތިމާމެން ނޭދޭ ގޮތަށް ވެއްޖެކަމަށް ވަނީވިއްޔާ ހުރިހާ ހިސާބެއް.. އެ މަގަށް ހުރިއިރުގާ ވެސް ހިސާބު އިލްމެއް ވެސް ނުދަންނަކަމަށް ހެދި.. ތައުލީމެއް ވެސް އުޑެއް ބުޑެއް.. ނޭނގޭކަމަށް ހެދި.. މިތާނގައި އަވަގުރާނަ ގޮވުމަކީ ރަމަޟާން މަހު ހުއްދަކަމެއް ނޫން.. އަޅުގަނޑު ގަބޫލެއް ނުކުރާނަން.. އެފަދަ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ.. އިއްޒަތްތެރި ރައީސް.. މި ރާއްޖޭގައި އީސަމެން ކަހަލަ މެމްބަރުން.. ކުޑަކުދިންނަށް ހާނީއްކަކޮށްފަ މިތާ ތިބެންޏާ.. ރަމަޟާން މަހު ހުތުރުވާނޭ.. ވަރަށް ހަޑިވާނެ..

ޖާބިރު ވިދާޅުވީ މިއީ ރައްޔިތުން އިންތިހާބުކޮށްފައި އޮތް މަޖިލީހެއްކަމަށާއި، ބޭނުންވާހާ ގޮތަކަށް މިތަނުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: