ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަނާ ހުވަފެންތަކަށް މާޔޫސްވެފައި ތިބި ޒުވާނުންނަށް، އަސަދުﷲ ބޭނުން ވަނީ އުންމީދެއް ގެނެސްދޭން!

ގއ. ގެމަނަފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު އަސަދުﷲ ޝިހާބު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ފިކުރުގެ މީހުން ޒުވާނުންނަށް ދެއްކީ ނަނާ ހުވަފެންތަކެއްކަމަށާއި، އެ ވާހަކަތަކުގެ ސަބަބުން މާޔޫސްވެފައި ތިބި ޒުވާނުންނަށް ބޭނުން ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭންކަމަށް ގއ. ގެމަނަފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވާދަކުރާ އައްސަދުގެ އެންމެ ބޮޑު އަމާޒަކީ 20 ވަނަ މަޖިލިސް ތަމްސީލު ކުރުމަށް ޒުވާނުންނަށް ފުރުސަތު ލިބުމެވެ. ޕީޕީއެމް/ޕީއެންސީގެ ޒުވާނުންގެ އެކި ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅެފައިވާ އަސަދު ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވިދާޅުވީ މަޖިލީހަށް ވާދަކުރުމަށް ނިންމީ ދާއިރާގެ ޒުވާނުންގެ ހާލަތު ބަދަލުކޮށް އިތުރު ކުރިއެރުންތައް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށެވެ. އަސަދު ވިދާޅުވީ ޒަމާނުއްސުރެ، ސިޔާސީ ވެރިން ދައްކަމުން އައި ނަނާ ހުވަފެންތަކެއްގެ ސަބަބުން ޒުވާނުން ތިބީ ބިކަވެފައިކަމަށާއި ހޯދައިދޭން ބުނި އެއްވެސް ފުރުސަތުތަކެއް ލިބިފައި ނުވާ ކަމަށެވެ.

އަސަދު ވިދާޅުވީ ޒުވާނުން ބޭނުންވި އެތައްކަމެއް ފުއްދައިދޭނެކަމަށް ބުނެ، އެކަން އޮތީ ފުރިހަމަ ނުވެކަމަށާއި އޭގެ ސަބަބުން އެ ޒުވާނުން ތިބީ މާޔޫސްކަމެއްގެ މަތީގައި ކަމަށެވެ. ދާއިރާތަކުގެ ތަރައްގީއަށް ރަށުގެ ރައްޔިތުން އެދޭއިރު، އަސަދު ވަނީ އެނާގެ ދާއިރާގައި ހިމެނޭ ދެއްވަދޫއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ގެނެވުނު އެއްވެސް ބަދަލެއް ނެތްކަމަށް ވިދާޅުވެފަ އެވެ. މިސާލެއްގެ ގޮތުގައި އަސަދު ދެއްކެވީ، ރަށުގެ ފުޓްސަލް ދަނޑެއް އެޅުމަށް އެތައް ޒުވާނުންނެއް އެދުމުން ވެސް ފަސް އަހަރު ނިމިގެން ދިޔައިރު ވެސް އެކަން ކުރެވިފައި ނެތުމެވެ. އަދި ވިދާޅުވީ ފަސް އަހަރު ނިމިގެން ދިޔައިރު ވެސް، ދެއްވަދޫ އާއި ގެމަނަފުށި އަދި ކަނޑުހުޅުދޫގައި ވެސް ފުޓުބޯޅަ ދަނޑެއް ނެހެދުނުކަމަށެވެ.

މީގެއިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅެވޭ ގޮތަށް، ޔޫތް ސެންޓަރެއްގެ ހިދުމަތް ވެސް ނުދެވުނުކަމަށް އަސަދު ވިދާޅުވި އެވެ.

ސިޔާސީ ފަރާތްތަކާއި، އަދި އެކި ފަރާތްތަކުން ދައްކަމުން ދިޔަ ނަނާ ހުވަފެންތަކެއްގައި ޖެހި އޭގެއިން އެއްވެސް ނަތީޖާއެއް ނުފެނި ޒުވާނުން ތިބީ މާޔޫސްވެފައި.. މިވެނި މިވެނި ކަންތަކެއް ރަށަށް، އަދި ހާއްސަކޮށް ޒުވާނުންނަށް ވެސް ހާސިލުކޮށްދޭނަމޭ ކިޔާފަ އޭގެއިން އެއްވެސްކަމެއް ނުވީމަ އަޅުގަނޑުމެން ދާއިރާގެ.. އަދި ޒުވާނުންގެ… ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި..

އަސަދު ވިދާޅުވީ އޭނާއަކީ ޒުވާނުންގެ ކަންކަމުގައި އުޅެފައި ހުރި، ކްލަބް ޖަމިއްޔާތަކުގައި ވެސް މަސައްކަތް ކުރި ޒުވާނެއްކަމަށާއި އެހެންކަމުން އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އެ ވިސްނުމާއި ތަޖުރިބާ ކުރި މީހަކަށް ކަމަށެވެ.

އެހެންވީމަ މިކަންކަންކޮށްދެވޭނީ، އެކަމުގެ ވިސްނުން ހުރި.. އެކަމުގެ ފިކުރެއް.. ހުރި.. އެކަމުގެ ޖޯޝެއް ހުރި ކެންޑިޑޭޓަކަށް.. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑަށްކަމަށް މިކަންކަން ކުރެވޭނީ ފުރިހަމައަށް

ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލާއިރު ޒުވާނުންނަށް ތަފާތު އެކި ފުރުސަތުތައް ގެއްލިފައި ހުރުމާއި، އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެކަމުގެ ވައުދާއި އެކު އަސަދު ވަނީ ބަދަލެއް ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. އެއީ ޒުވާނުންނަށް ގެއްލިފައި ހުރި ފުރުސަތުތައް ހަމަހަމަ އުސޫލެއްގެ ތެރެއިން ހޯދައިދިނުމާއި، އިސްރަށްވެހީންނަށް އަބުރުވެރި، ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ. އަދި މަސްވެރިންނަށް ހިތްހަމަޖެހުމާއި އެކު ރަނގަޅު އާމްދަނީއެއް ލިބި ރަށު ބަނދަރަށް ލެފޭނެކަމުގެ އުންމީދު ދިނުމަށެވެ.

ގައުމަށާއި، ރަށަށް ކުރިއެރުން އޮތީ ޒުވާނުންގެ ބައިވެރިވުމާއި އެ ޒުވާނުންގެ ބަސް އޮވެގެންކަމަށް ގަބޫލުކޮށް އެކަމަށް އަބަދުވެސް ވަކާލާތުކޮށްފައިވާ އަސަދަކީ ގެމަނަފުށީގެ އެތައް ޒުވާނުންނެއްގެ އުންމީދާއި ގުޅިފައިވާ ފަރާތެކެވެ. އަސަދު ވެސް ގަބޫލު ކުރާގޮތުގައި، ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް އަދި ކުޅިވަރާއި މުނުފޫހިފިލުވުމުގެ ފުރުސަތުތައް ހުރިހާ ގޮތަކުން ޒުވާނުންނަށް ރަނގަޅު ގޮތުގައި ލިބެންޖެހޭކަމަށެވެ.

އަސަދު ވިދާޅުވީ އޭނާ ބޭނުން ވަނީ ރަށްރަށުގައި އުފެދިފައިވާ ކްލަބް ޖަމިއްޔާތަކާއި، ވިޔަފާރިތަކަށް އަދި ސަރުކާރު ހިއްސާވާ މައި ކުންފުނިތަކަށް ބަރޯސާވެގެން ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްކަމަށެވެ.

ޒުވާނުންގެ ދައުރު ގޮތް ނިންމުމުގެ މަރުހަލާގައި އޮތުމަށް ބޭނުންވާ، އިސްރަށްވެހިންނާއި އިލްމީ ބޭފުޅުންގެ ލަފާ އަޑުއަހެމަށް އަބަދުވެސް އިސްކަމެއް ދިނުމަށް އެދޭ އަސަދު ގެމަނަފުށި ރައްޔިތުންގެ ފަރާތުން އެދިފައްި ވަނީ ދާއިރާއަށް އުންމީދީ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތުގައި ޕްރައިމެރީގައި އޭނާއަށް ހެޔޮހިތުން ވޯޓު ދީ ހާލަތު ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެ އަޒުމަށް އެހީތެރިކަން ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: