ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޝުއަރެންސް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ހައްލު ގެނެސްދޭނަން: ރައީސް

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކުން ފޯރުކޮށްދޭ އިންޝުއަރެންސް ނިޒާމު މިހާރަށް ވުރެ އިތުރަށް ހަރުދަނާކޮށް ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންނަށް ރައީސަށް ސުވާލު ކުރެވޭ ގޮތަށް ކުރިޔަށް ގެންދާ ސެގެމެންޓުގައި މިއަދު އާންމުގެ މީހަކު އެދުނީ އަމިއްލަ ފަރުދުންގެ ހެލްތް އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ.

އެގޮތުން އެނާ ކުރި ސުވާލުގައި ބުނީ، އަމިއްލަ މީހަކު އިންޝުއަރެންސް ނަގާނަމަ ދިހަ ހާސް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހަރަދުވާކަމަށާއި ޑޮކްޓަރަށް ދެއްކުމަށް ފަހު އިންޝިއަރެންސް ކުންފުންޏަށް ބިލުތައް ވެސް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި އެ ކުންފުނިން ހަރަދުތައް ދޭނެކަން ނުވަތަ ނުދޭނެކަން އަންގަނީ އޭގެ ދެ ހަފްތާ ފަހުން ކަމަށެވެ.

މިކަމުގެ ހައްލަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އިންޝުއަރެންސްގެ ނިޒާމަކީ ވަކި އުސޫލެއްގެ ދަށުން ފަރުމާ ކުރެވިފައިވާ ހިދުމަތަކަށް ވާތީ މަޝްވަރާތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން މިހަރު އޮތް އުސޫލަށް ވުރެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މަޝްވަރާ ކުރާނަން މިހާރަށް ވުރެ ރަނގަޅު ގޮތަކަށް ހާއްސަކޮށް އާންމު ފަރުދުން.. އިންޝުއަރެންސްގެ ނިޒާމުގެ ތެރޭގައި ބައިވެރިވެގެން ތި ވިދާޅުވި ގޮތަށްވުރެ ރަނގަޅު ގޮތަކަށް އެކަން ހަމަޖެއްސޭތޯ

ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެހެންކަމުން އިންޝުއަރެންސް ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ބަލައި ދެނެގަނެ އެކަން ހައްލު ކުރައްވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: