ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޔަޒީދާއި ޒަރީރުގެ ނަން!

މީރާގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޔަޒީދު ވަހަކަ ދައްކަވަނީ.-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް، ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދު އައްޔަނު ކުރުމަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން މަޖިލިސް ތަޅުމަށް ފޮނުއްވައިފި އެވެ.

ކޮމިޝަނަރ އޮފް ޓެކްސޭޝަންއަށް ބޭފުޅަކު އައްޔަނު ކުރަނީ، ފަތުހުﷲ ޖަމީލު ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތު އިއުލާނު ކުރި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީގެ ނަންނަތައް ތަރުތީބުކޮށްފައިވާއިރު ދެވަނައަށް ފޮނުވާފައިވާ ނަމަކީ ކުރިން ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރެވެ.

އެހެންކަމުނޖް މަޖިލީހުގެ ރިޔާސަތުން ވަނީ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފަ އެވެ.

ޔަޒީދާއި، ޒަރީރު ވެސް މީރާގެ މަގާމުތައް އަދާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެބޭފުޅުން މަގާމުން ވަކިވީ 2019 ގައި، އޭރު ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި ކޮމިޝަނަރ އޮފް ޓެކްސޭޝަން އަދި ޑެޕިއުޓި ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަގާމުތަކަށް އަލުން އައްޔަނު ކުރަން ޖެހޭ ގޮތަށް އިސްލާހު ހިމެނުމުންނެވެ. އެ މަގާމަށް ފަތުހުﷲ އައްޔަނު ކުރީ އޭގެ ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: