ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދޮގު ދޮލަނގު“ ސަރުކާރުގެ ދޮގުތައް ރޯދަ މަހު ވީ އިތުރު: އެމްޑީޕީ

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ޕާޓީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް އޮޅުވާލައިގެން، ދޮގުތައް ވިއްކުމަށް ފަހު ވެރިކަމަށް އައިސް މި ފެށުނު ރަމަޟާން މަހުގައި ސަރުކާރުން ހަދާ ދޮގުތައް ދެގުނެވެފައިވާކަމަށް އެމްޑީޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ގާތްވެފައިވާއިރު، އިދިކޮޅު މައި ޕާޓީ (އެމްޑީޕީ) އިން ތުހުމަތު ކުރާގޮތުގައި ސަރުކާރުން ވަނީ ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން އޮޅުވާލާފަ އެވެ.

ސިލްސިލާކޮށް ނޫސްވެރިންނަށް މައުލޫމާތުތައް ދިނުމަށް ބާއްވާ ބައްދަލުވުމުގައި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ މިއީ ދޮގު ދޮލަނގު ސަރުކާރެއްކަން ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާކަމަށެވެ. އީސަ ވިދާޅުވީ ރޯދަ މަހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮގުތައް ވީ އިތުރުކަމަށެވެ.

އީސަ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައީ، އެމްޑީޕީގެ ސަރުކާރާ ގުޅޭގޮތުން އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ދައްކައިގެންކަން މިއަދު ދަނީ ހާމަވަމުން ކަމަށެވެ. އެ ދޮގުތަކުގެ ތެރޭގައި ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ދޭނެކަމަށް ވި ވައުދާއި، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް އެއްބަސްވުންތަކެއް ހަދާފައިވާކަމަށް ބުނެ ކުރި ތުހުމަތުތައް އީސަ ފާހަގަކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރަމުން ދާކަމުގެ ތުހުމަތުތައް ވެސް ކުރައްވައި އީސަ ވިދާޅުވީ ރައީސް މުއިއްޒަށް މެޖޯރިޓީ ލިބޭ ހާލަތެއްގައި ބާރުތައް ބޭނުން ކުރާނެ ގޮތުގެ އަންދާޒާއެއް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކަމަށެވެ.

ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް އޮޅުވާލާއިރު، އީސަ ވަނީ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ވެސް ސާފު ނުވާކަމަށް ވިދާޅުވެފަ އެވެ. އީސަ ފާހަގަކުރެއްވީ ކޮންގްރެސް ކޯލިޝަނުން ބޭއްވި ޕްރައިމެރީއަށް ފަހު ޓިކެޓު ކާމިޔާބު ކުރި ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓުންނަށް ސަރުކާރުން ކެމްޕެއިން ކުރަމުން ގެންދިއުމެވެ. އޭނާ ވިދާޅުވީ ސަރުކާރުން އަމިއްލަ ޕާޓީގެ މެމްބަރުންނާ މެދު އެފަދަ މޭރުމަކުން އަމަލުކޮށް، ޣައްދާރުވާނަމަ ރައްޔިތުންނަށް ދޭނީ އެއަށް ވުރެ މާ ބޮޑު ނިކަމެއްތިކަމެއް ކަމަށެވެ.

ސަރުކާރަށް އަމާޒުކޮށް، އެމްޑީޕީން ބުނަމުން ދަނީ މިއީ ދޮގު ދޮލަނގު ވެރިކަމެއް ކަމަށެވެ. އެކަމަށް ރައީސް އިބްރާހިމް ސޯލިހު ވެސް ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ވިއްކި އެއްވެސް އަސްލެއް ނެތް ވާހަކަތައް ބާވެ ފުޅަ އެޅުމުގެ ކުރިން އެ ހުރިހާކަމެއްގެ ތެދު ރައްޔިތުންނަށް ސާފުކޮށްދޭނީ އެމްޑީޕީ ކަމަށެވެ. ސަރުކާރުގެ މިވީ ތިން މަހުގެ ތެރޭގައި، ހިނގާފައިވާ ކަންތަކަށް ބަލާއިރު މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ލިބޭ ހާލަތެއްގައި ރައްޔިތުންނަށް އެތައް ނިކަމެތިކަމެއް ލިބިގެންދާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ ބާރުގެ ބޭނުން ކުރާނެ ގޮތުގެ ކުޑަ ތަސައްވުރެއް މިވީ މަދު ދުވަސްތަކުގެ ތެރޭގައި ކުރެވުނުއިރު ކޮންމެހެން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އަނެއްކާވެސް ލިބެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާރުގެ ތެރޭގައި އޮތީ ހަމައެކަނި، ދޮގު ހެދުމާއި އޮޅުވާލުން ނުވަތަ މަކަރުވެރިކަން އެކަނި ނޫންކަމަށާއި އިންތިހާ ދަރަޖައަށް ހުދުމުހުތާރުކަން ގޮސްފައިވާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: