ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ހަމަވެ ހަބީބް ރިޓަޔަރ ކުރެއްވުމުން އީސީގެ ނައިބު ރައީސަކަށް ނަޝާތު

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި އަލީ ނަޝާތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި އަލީ ނަޝާތު އައްޔަނުކޮށްފި އެވެ.

މީޑިއާތަކަށް ކޮމިޝަނުން ބުނީ، ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބްގެ މެމްބަރުކަމުގެ ދެ ދައުރު ފުރިހަމަ ކުރައްވައި މިއަދު ރިޓަޔަރ ކުރައްވާފައިވާ ކަމަށެވެ.

އެހެންވެ އީސީގެ ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން ބޭއްވި އާންމު ޖަލްސާގައި ނިންމާފައި ވަނީ ނަޝާތު އެ މަގާމަށް އައްޔަނު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި ނަޝާތުގެ ވެސް މިއީ ދެވަނަ ދައުރެވެ. އޭނާ އެންމެ ފުރަތަމަ އީސީއަށް އައްޔަނު ކުރީ 2018 ވަނަ އަހަރެވެ. އެއަށް ފަހު ދެވަނަ ދައުރަކަށް އޭނާ ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ހަބީބު މިއަދު ރިޓަޔަރ ކުރެއްވިއިރު، އީސީގައި ވަނީ 21 އަހަރު ހިދުމަތް ކުރައްވާފަ އެވެ. ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވައި، ހަބީބް މިއަދު އީސީން ވަކިވެވަޑައިގެންނެވި އިރު ގާނޫނުގައިވާ ގޮތުން މެމްބަރުކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.

ކޮމިޝަނުގެ ތަރުޖަމާނުކަން ވެސް ކުރެއްވި ހަބީބް ވަނީ ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވައި އީސީގެ އެކި މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިއާތަކަށް ގިނަ މައުލޫމާތުތައް ދެއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: