ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިވިއްކައި ޑްރަގް ވިޔަފާރި ކުރާ ޓެލެގްރާމް ގުރޫޕުތަކެއް ހިންގި ދެ މީހަކު ފުލުހުންގެ ހައްޔަރަށް!

ފުލުހުން ވަނީ ޖަޒީރާ ޓެލެގްރާމް ހިންގަމުން ދިޔަ ދެ މީހުން ވެސް ހައްޔަރުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެލެގްރާމް ގުރޫޕެއް މެދުވެރިކޮށް، މަސްތުވާތަކެތި ވިއްކައި ހަށިވިއްކުމުގެ ވިއްޔަފާރި ކުރަމުން ދިޔަ އެކައުންޓުތަކެއް ފުލުހުން ހުއްޓުވައިފި އެވެ.

ސޯޝަލް މީޑިއާގެ ގުރޫޕުތައް ހަދައި، މަސްތުވާތަކެއްޗާއި ހަށިވިއްކުމުގެ ވިޔަފާރި ކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އެފަދަ ގުރޫޕުތައް ހިންގާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ. އަދި މާލެ ސަރަހައްދުގައި އެހެން ވިޔަފާރިތަކުގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ އިމާރަތްތަކުގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބައެއް ތަންތަން ހުއްޓުވާފައިވާކަމަށް ވެސް ބުންޏެވެ.

މިރޭ މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ފުލުހުން ބުނީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް “ޖަޒީރާ” ގެ އެކި ނަމުގައި 2023 ވަނަ އަހަރުން ފެށިގެން ހިންގަމުން ދިޔަ ފަސް ގުރޫޕެއްގެ މައްސަލައިގެ ތަހުގީގު ކުރި ކަމަށެވެ. މައްސަލައިގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާއިރު އެއީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 39 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ، 06 މާޗުގައި ފުލުހުންގެ ސައިބަރ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރުތަނެއް ބަލާ ފާސް ކުރުމަށް ފަހު ކަމަށެވެ. އަދި އެ މީހުން ހިންގާ ގުރޫޕުތަކާއި ގުޅުން ހުރި ބައެއް ތަކެތި ތަހުގީގުގެ ބޭޏުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ އެއީ ހެކީގެ ގޮތުގައި ބަލައި، ފޮރިންސިކް ތަހުލީލުތައްކޮށް އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ކުރި މަސައްކަތުން ފުލުހުން ވަނީ ގުރޫޕުތައް ސެއިޒްކޮށް، ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއާއި ޑްރަގް ޓެރެފިކިން އަދި ހަށިއްވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި، އިރުޔާން ކާޑު ބެހުމުގެ ކުށުގެ ތުހުމަތެވެ.

ހައްޔަރުގައި ތިބި ދެ މީހޫންގެ ވެސް މާލީ މުއާމަލާތްތަކަށް ބަލާއިރު ފުލުހުން ބުނީ އެ މީހުން ކުރާ މަސައްކަތާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށެވެ. އެ މީހުންގެ ބަންދާއި މެދު ގޮތެއްގެ ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ފަސް ދުވަސް ދިނުމަށް ފަހު މިހާރު ވަނީ އިތުރު 30 ދުވަސް ބަންދަށް ޖަހާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: