ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

އެއާ އެމްބިއުލާންސްގެ ސީޕްލޭންގެ ހިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާ އެމްބިއުލާންސްގެ ހިދުމަތް، ސީޕްލޭންގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

އިމަޖެންސީ ކޭސްތަކުގައި، ހާލު ގޯސްވާ މީހާ އުފުލުމަށް މިހާރު ވެސް ދަނީ  ޑޭޝް-8 މަރުކާގެ ބޯޓެއް ބޭނުން ކުރަމުންނެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާނީ އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓަކާއި ސީޕްލޭންއެވެ.

ހިދުމަތް ފެށުމާއި ބެހޭ ގޮތުން ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދާއި އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާ ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މާދަމާ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު މިނިސްޓަރ ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ރައީސް މުއިއްޒު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށެވެ.

ޚަލީލް ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައި މީގެ ކުރިން ދެކެމުން އައިނަމަވެސް އެ ވިސްނުން ރައީސް މުއިއްޒު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް މުއިއްޒު އަކީ ރައްޔިތުން އެދޭ ފަދަ އޯގާތެރި ވެރިއެއްކަމަށެވެ. އަދި އެމަނިކުފާނު އެ ގެންދަވަނީ އަމަލާއި ބަހުންވެސް އެކަން ސާބިތުކޮށްދެއްވަމުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވިސްނުމުގެ މަތިން އަލަށް ފަށާފައިވާ އެއަރ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ބޯޓުގައި ސިއްހީ އެމަޖެންސީތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާ ލބެން ހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ޕޭޝަންޓުން ގެންދިއުމުގެ ތެރެއިން އަވަސް ފަރުވާ ދެވޭނެ ގޮތަށް ވަސީލަތްތައް ގާއިމުކޮށްފައިވާކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

ހިދުމަތާ ގުޅޭގޮތުން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި، މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީގެ ޓާޝަރީ ހޮސްޕިޓަލްތަކަށް ބަލި މީހުން އުފުލާނެ ކަމަށެވެ. އަދި ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް، ވަސީލަތްތަކާއި އެކު ތަމްރީނުކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެއީ ފަސް ޑޮކްޓަރަކާއި، ފަސް ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝިއަނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: