ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީ ރެޖިސްޓްރޭޝަނަށް 5000 އަށް ވުރެ ގިނަ ފޯމު، 484 އެޕްލިކޭޝަން ރިޖެކްޓު!

މީހެއްގެ އިނގިލީގައި ވޯޓްލީ ކަމުގެ ފާހަގަ ޖަހަނީ/ ފޮޓޯ: މި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލުމުން މިހާތަނަށް ފަސް ހާހަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އީސީން ބުނީ، ރީ ރެޖިސްޓްރޭޝަނަށް އެދި ލިބިފައި ވަނީ 5،202 ފޯމު ކަމަށާއި އޭގެ ތެރެއިން 4،718 މީހުން ރެޖިސްޓްރޭޝަން ފުރިހަމަވެފައިވާއިރު ބާކީ ހުރި އެޕްލިކޭޝަންތައް ރިޖެކްޓުވެފައިވާކަމަށެވެ.

އެގޮތުން ލިބިފައިވާ ފޯމުތަކަކީ އިންޑިއާއަށް 50 ފޯމު، މެލޭޝިއާއަށް 463 ފޯމު، އަދި ސްރީލަންކާއަށް 241 ފޯމު އަދި ތައިލެންޑަށް 7 ފޯމާއި، އިނގިރޭސިވިލާތަށް 52 ފޯމު އަދި ޔޫއޭއީއަށް ވޯޓުލުމަށް 14 ފޯމެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރީ ރެޖިސްޓްރީ ކުރުމަށް އީސީން ހުޅުވާލާފައިވާއިރު އެންމެ ފަހު ދެ ދުވަހު ގިނަ އަދަދެއްގެ ފޯމުތައް ލިބުނެވެ.

ކޮމިޝަނުން ބުނީ ވޯޓު ފޮށިތައް ބަހައްޓާނީ 150 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކުރާ ގައުމުތަކުގައި ކަމަށެވެ. އަދި ރިސޯޓުތަކުގައި ނަމަ 30 މީހަކު ރެޖިސްޓްރީ ކުރަން ޖެހޭނަކަމަށް ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގެ ތާރީހު ފަސް ކުރުމުން، ވޯޓާސް ލިސްޓަށް 560 މީހަކު އިތުރުވި އެވެ. މިއާއި އެކު ޖުމްލަ ވޯޓުލެވޭ ނިސްބަތަކީ 284،887 މީހުންނެވެ.

ކުރިން ކޮމިޝަނުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސިވިލާތުގެ އިތުރުން ތައިލެންޑު ހިމެނެއެއެވެ. އެހެން ނަމަވެސް މިހާރު ނިންމާފައި ވަނީ މި ގައުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށެވެ. އެހެންވެ އަނެއްކާވެސް އީސީން ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ – ރެޖިސްޓްރީއަށް ހުޅުވާލާފަ އެވެ.

އީސީން ބުނީ އެ ކޮމިޝަނުން ދޭ މުއްދަތުގައި ރެޖިސްޓްރީ ނުކުރާނަމަ، ދެން އެ ފަރާތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ރީ ރެޖިސްޓްރީއަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކާއި، ސިނާއީ މަސައްކަތް ކުރާ ސަރަހައްދުތަކުގެ އިތުރުން ބޭރު ގައުމުތައް ކަމަށެވެ. އަދަދު ހަމަ ނުވުމުގެ ސަބަބުން ވޯޓު ފޮށި ބެހެއްޓެން ނެތް 17 ރިސޯޓެއްގެ ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: